ކ. ގުޅިއަށް 65 ޓަނުގެ އާރްއޯ ޕްލާންޓެއް ގެންގޮސްފި އެވެ.
ގުޅިއަށް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެނީ ސަރުކާރުގެ 100 ޕަސަންޓް ހިއްސާވާ ކުންފުނި -- ސްޓެލްކޯގެ ފަރާތުންނެވެ.
ގުޅީގެ ފެނާއި ނަރުދަމާގެ ހިދުމަތާ ސްޓެލްކޯ އިން ހަވާލުވީ މިދިޔަ ފެބްރުއަރީ މަހު އެވެ.
އޭރު ހިދުމަތް ދިނުމަށް ގުޅީގައި ބަހައްޓާފައިވަނީ 40 ޓަނުގެ ދެ އާރްއޯ ޕްލާންޓެވެ.
ސްޓެލްކޯ އިން ބުނީ އެ ދެ ޕްލާންޓުން ރަށުގެ ރައްޔިތުންނަށް ބޭނުނަށްވާ ވަރަށް ފެން ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރި ކަމަށެވެ.
ގުޅީގެ ފެނާއި ނަރުދަމާގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސްޓެލްކޯ އިން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ގެންގޮސްފައިވާ 65 ޓަނުގެ އާރްއޯ ޕްލާންޓް އަންނަ ހަފްތާ ބޭނުންކުރަން ފެށޭނެ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ. އޭރުން މިހާރަށް ވުރެ ރަނގަޅު ހިދުމަތެއް ލިބޭނެ ކަމުގައިވެސް ބުންޏެވެ.