ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މަރުވި ޒުވާނާ ކޮވިޑަށް ޕޮޒިޓިވް

Jun 25, 2022
1

ރޭގެ ވަގުތެއްގައި މަރުވި ޒުވާނާ ކޮވިޑަށް ޓެސްޓް ކުރުމުން ޕޮޒިޓިވްވެފައިވާ ކަމަށް 'އަވަސް' އަށް އެނގިއްޖެ އެވެ.

ކުއްލި ގޮތަކަށް ރޭގެ ވަގުތެއްގައި މަރުވީ ނ. ކުޑަފަރި، ކުރިބޯށި، އަނާން ބިން އަބޫބަކުރު (20 އ) އެވެ.

މިއަދު ފަތިހު އަނާންގެ ޖަނާޒާ ބާއްވާފައިވަނީ ހުޅުމާލޭގެ ސަހަރާގަ އެވެ.

އަވަސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގޭގައި ހުއްޓާ ރޭގެ ވަގުތެއްގައި އަނާން މަރުވީ ދެތިން ދުވަހު ބަލިވެ އުޅުމަށްފަހު އެވެ.

އަނާން މަރުވުމުން އާއިލާ އިން އެދިގެން ހެދި ކޮވިޑް ޓެސްޓުގެ ނަތީޖާ ޕޮޒިޓިވްވެފައިވާ ކަމަށްވެސް އެނގިފައިވެ އެވެ. ނަމަވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިކަމުގައި އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

އެޗްޕީއޭ އިން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ރާއްޖޭގައި ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 300 މައްޗަށް އަރާފަ އެވެ.