ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކުޑަފަރީއަށް މީހުން އަރާ ފޭބުން މަނާކޮށްފި

ނ. ކުޑަފަރިން، މަނަދޫ ހޮސްޕިޓަލަށް ގެންގޮސް އެ ރަށުން މާލެއަށް ގެނައި އުމުރުން ދުވަސްވީ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ކުޑަފަރީއަށް އަރާ ފޭބުން މަނާކޮށްފި އެވެ.

ކުޑަފަރި ކައުންސިލަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން ފޮނުވާފައިވާ ލިޔުމެއްގައި ބުނެފައިވަނީ، ރަށުގައި ތިބި އެއްވެސް މީހަކު ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަކި ގޮތެއް އަންގަންދެން ރަށުން އަރާ ފޭބުން ވަނީ މަނާކޮށް، ރަށް މޮނިޓަރިންގެ ހާލަތަށް ލާފަ އެވެ.

ކުޑަފަރީ ކައުންސިލް އިދާރާގެ އޮފިޝަލަކު އަވަސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ރަށުން މާލެ ފޮނުވި އުމުރުން 90 އަހަރުގެ މީހަކަށް ކޮވިޑް ޖެހިފައިވާ ކަން އަންގާފައިވަ ކަމަށެވެ.

އޭނާ ބުނީ އެމީހާއަކީ ފާހަނައިން ނުކުންނަނިކޮށް ވެއްޓި ފަޔަށް ލިބުނު އަނިޔާ އަކާއި ގުޅިގެން އެ އަތޮޅު މަނަދުއަށް ގެންގޮސް އިތުރު ފަރުވާއަށް މާލެ ފޮނުވާލި މީހެއް ކަމަށެވެ.

މި މީހާ މާލެ ގެނެސްފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ. މާލެ ގެނައުުމަށް ފަހު އެންމެ ފުރަތަމަ ހެދި ޓެސްޓު ޕޮޒިޓިވް ވުމުން މިހާރު ދެވަނަ ޓެސްޓު ހެދުމަށް ސާމްޕަލް ނަގާފައިވެ އެވެ.

މީގެ ކުރިން ވެސް މި ގޮތަށް މާލެ ގެނެސް ފުރަތަމަ ޓެސްޓުން ޕޮޒިޓިވްވި ބައެއް މީހުން ދެވަނަ ޓެސްޓު ނެގަޓިވް ވެފައި ވެއެވެ.

ރާއްޖޭގައި މިހާރު މި ބަލި ޖެހުނު މީހުންގެ އަދަދު 2600 އަށްވުރެ މައްޗަށް ގޮސްފައިވާއިރު އަތޮޅުތަކުގެ ތެރޭގެ އެކި ރަށްރަށުން ވެސް މިހާރު މިބަލި ދަނީ ފެންނަމުންނެވެ. މި ބަލީގައި މިހާތަނަށް ރާޢްޖެއިން 13 މީހަކު ވަނީ މަރުވެފަ އެވެ.