ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް އިން ގްރޭޖުއޭޓް އިންޓާންޝިޕް ފުރުސަތު ހުޅުވާލައިފި

Jun 27, 2022

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިންޓާންޝިޕްގެ ފުރުސަތު ތަކެއް ހުޅުވާލައިފި އެވެ.

ރާއްޖޭގެ ގައުމީ ބޭންކް، ބީއެމްއެލް އިން ގްރެޖުއޭޓް އިންޓާންޝިޕް ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ އެއް އަހަރު ދުވަހުގެ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 16 ގެ ނިޔަލަށް އޮންނާނެ އެވެ.

މި ޕްރޮގްރާމުގެ ދަށުން ތަމްރީންވާ ކުދިންނަށް 6،000ރ. ގެ އެލަވަންސަކާއެކު ހާއްސަ މެންޓާއެއްގެ ބެލުމުގެ ދަށުން ތަމްރީން ވުމުގެ ފުރުސަތު ދޭނެ އެވެ. މީގެއިތުރުން ވަޒީފާގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ރޯދަ އެލަވަންސާއި އަހަރަކު 15 ދުވަހު ޗުއްޓީ ވެސް ދޭނެ އެވެ.

ގްރެޖުއޭޓް އިންޓާންޝިޕްގެ ޝަރުތުތައް

  • ދިވެހި ރައްޔިތަކަށްވުން
  • މަތީ ތައުލީމަށް ކިޔަވާ ކުއްޖަކަށްވުން
  • ޑިޕްލޮމާ ނުވަތަ އެއަށްވުރެ މަތީ ފާހެއް އޮތުން
  • ޝަރުތު ހަމަވާނީ އެއް އަހަރަށްވުރެ މަދުން މަސައްކަތުގެ ތަޖުރިބާ ހުރި ކުދިން

ބީއެމްއެލް އިން މީގެ ކުރިން ދެ އަހަރެއްގައި މި ޕްރޮގްރާމް ހިންގާފައިވެ އެވެ. މިދިޔަ އަހަރުގެ ޕްރޮގްރާމް 15 ކުދިން ފުރިހަމަކޮށްފައިވެ އެވެ.

ގައުމީ ބޭންކަކީ މުވައްޒަފުންގެ ތަރައްގީއަށް ބޮޑު އިސްކަމެއް ދޭ ކުންފުންޏެކެވެ. އެހެންވެ މިކަން ބަލައިގަނެ ބޭރުގެ ގިނަ އެވޯޑުތަކެއްވެސް މީގެ ކުރިން ވަނީ ލިބިފަ އެވެ.