ދައުރުވަމުން ދަނީ އޭނާގެ ފޮޓޯތަކެއް ކަމަށާ ނަމަވެސް އެއް ޖިންސުން ގުޅުން ހިންގުން ފަދަ ކަމެއް ކުރައްވާފަ ނުވާނެ ކަމަަށް ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވެއްޖެ އެވެ.
އާންމުވެފައިވާ ފޮޓޯއިން ފެންނަނީ ނަޝީދު ކޮޓަރިއަކަށް ވަންނަނިކޮށެވެ. އޭރު ހުންނެވީވެސް މާސްކު އަޅުއްވައިގެންނެވެ. އަނެއް ފޮޓޯގައި އޭނާގެ ކައިރީގައި އެެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތު އޮތް ބިދޭސީ މީހާ ހުއްޓާވެސް ފެނެއެވެ. ފޮޓޯތަކުން ފެންނަނީވެސް ޖިންސީ އަމަލު ހިންގަނިކޮށް ނަގާފައިވާ ވީޑިއޯގައި ފެންނަ ކޮޓަރިއެވެ.
އެ ފޮޓޯތަކާއި ގުޅިގެން ނަޝީދު ދެންމެ ވިދާޅުވީ ދައުރުވަމުން ދަނީ އޭނާގެ ފޮޓޯތަކެއް ކަމަަށާ އެތަނަށް ގެންދިޔައީ ވިޔަފާރި މީޓިންއަކަށް ކިޔާފައި ބުނެ ކަމަށެވެ. އަދި އެއް ޖިންސުން ގުޅުން ހިންގަން އޭނާއަށްވެސް އެ މީހުން ދައުވަތު ދިން ކަމަށެވެ. ނަމަވެސް އެ ކަމަށް އިންކާރު ކުރި ކަމަަށެވެ.
އަދި ކޮޓަރިއަށް ވަންނަނިކޮށް ނަގާފައިވާ ފޮޓޯތަައް ލީކު ކޮށްލާނެ ކަމަށް ބުނެ ބްލެކް މެއިކޮށް ފައިސާ ދޭން އެދުނު ކަމަަށެވެ.
"ދައުރުވަމުންދާ ފޮޓޯ ތަކަކީ އަޅުގަނޑުގެ ފޮޓޯ ތަކެއް. އަޅުގަނޑު އެތަނަށް ގެންދިޔައީ ވިޔަފާރި މީޓިންއަކަށޭ ކިޔާފައި ތަކުރާރުކޮށް ގުޅައިގެން. ކޮވިޑް ދުވަސްވަރު ވީމާ ބޭރުތެރެއިން މީޓްނުވާތީ ދިޔައީ. އެމީހުންގެ މަގްސަދަކަށްވެފައި އޮތީ އަޅުގަނޑު ލައްވާ އެއަމަލު ހިންގުން،"
"އަޅުގަނޑު އެކަމުން ބަރީއަވިން. އެމީހުން މި ފޮޓައް ލީކުކޮށްލާނެކަމުގެ ބިރު ދެއްކި. ދެ ލައްކަ ޑޮލަރު ހޯދަން އެދުން. އަޅުގަނޑު ބުނިން ލީކުކޮށްލާށޭ. ލާރިއެއް ނުލިބޭނެޔޭ. އަޅުގަނޑުގެ ބަރަހަނާ ފޮޓޯ އެއް ނުހުންނާނެ އިރާދަކުރެއްވިއްޔާ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ. މިވަގުތު އަޅުގަނޑަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއް ނޫން،" ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވިއެވެ.