ގިނަ އަދަދެއްގެ ދިވެހިންނާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލްމްގިރްއާއެކު ޖިންސީ ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދުގެ ޝަރީއަތް މާދަމާ ފެށުމަށް ނިންމައިފި އެވެ.
ނަޝީދުގެ މައްޗަށް އުފުލާފައިވަނީ އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގެ ދައުވާ އެވެ. ޝަރީއަތުގެ ފުރަތަމަ އަޑުއެހުން އޮތީ މާދަމާ 3:30 ގައެވެ. އަޑުއެހުން ކުރިއަށް ގެންދަން ނިންމާފައިވަނީ ސިއްރުކޮށްގެނެވެ.
އަލަމްގިރި ވަނީ ރާއްޖޭގެ ސިޔާސީ ބޭފުުޅުންނާއި ބައެއް ވިޔަފާރިވެރިންނާއި ދައުލަތުގެ ބައެއް އިދާރާތަކުގައި މަސައްކަތް ކުރާ މީހުންނާ އެކު އެއްޖިންސުން ގުޅުން ހިންގުމުގެ އިތުރުން އެ މަންޒަރުތައް ވީޑިއޯ ވެސް ކޮށްފަ އެވެ. މިހާތަނަަށް އާންމުވި ބައެއް ވީޑިއޯތަކުގައި އަލަމްގިރި ކަމަށް ބުނާ މީހާ ދިވެހީންގެ ދެ މީހަކާ ގުޅުން ހިންގާ މަންޒަރު ފެނެ އެވެ. އެކަކީ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު ކަމަށް ބެލެވޭ މީހެކެވެ. އަދި ފުލުހުންގެ ޑްރަގް އެންފޯސްމެންޓު ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ފުލުހަކާއެކު ގުޅުން ހިންގަނިކޮށް ވެސް ވީޑިއޯ އަކުން ފެނެ އެވެ. އެއީ 30 މިނެޓްގެ ދިގު ވީޑިއޯ އެކެވެ. ކާނަލް މުހައްމަދު ނަޝީދު ކަމަށް ބެލެވޭ މީހަކާ އެކު ވެސް އަލަމްގިރި އެއްޖިންސުން ގުޅުން ހިންގާފައިވާ ކަމަށް ބުނެ ވީޑިއޯ ކްލިޕެއް އާންމުކޮށްފައިވެ އެވެ. ނަމަވެސް އެ ވީޑިއޯގައި ކާނަލް ގުޅުން ހިންގާ މަންޒަރެއް ނުފެނެ އެވެ.
މި ވީޑިއޯތައް ކޮށްފައިވަނީ އަލަމްގިރި ދިރިއުޅޭ ކޮޓަރިއަށް މީހުން ގެނައުމުގެ ކުރީން ކެމެރާ ވަކި ގޮތަކަށް ސެޓްކޮށްގެން ކަމަށް ބެލެވެ އެވެ.