މުހައްމަދު ނަޝީދު (ކާނަލް)

އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ނަޝީދަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ

Feb 18, 2023
2

އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ނޮޅިވަރަމު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ނަޝީދު (ކާނަލް ނަޝީދު)އަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ތާވަލްކޮށްފި އެވެ.

ކަރިމިނަލް ކޯޓުގައި މާދަމާގެ އަޑުއެހުން ފެށުމަށް ތާވަލްކޮށްފައިވަނީ ހެނދުނު 10:00 ޖަހާއިރު އެވެ.

ބަންގަލްދޭޝްގެ އުމުރުން 25 އަހަރުގެ އެމްޑީ އަލަމްގިރި ނަމަކަށް ކިޔާ ޒުވާން ފިރިހެނަކާއެކު ޖިންސީ ގުޅުން ހިންގުމުގައި ތުހުމަތުގައި މިދިޔަ އަހަރުގެ ޖުލައި 28 ވަނަ ދުވަހު ނަޝީދު ހައްޔަރު ކުރި އެވެ. ނަމަވެސް ތަހުގީގު ނިންމާ، ދައުވާ ކުރަން މައްސަލަ ޕީޖީ އޮފީހަށް ފޮނުވުމަށްފަހު ފުލުހުން ވަނީ ނަޝީދު ދޫކޮށްލާފަ އެވެ.

ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ސިޔާސީ ބޭފުޅުންނާއި އަދި ބައެއް އާންމުންވެސް އަލަމްގިރިއާ އެކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކާއި ފޮޓޯތައް މިދިޔަ އަހަރު އާންމުވިއިރު ނަޝީދުގެ ފޮޓޯއާއި ވީޑިއޯ ވެސް އާންމުވި އެވެ.

ފޮޓޯގައި ފެންނަނީ ނަޝީދު ކަމަށް އޭނާ އެއްބަސްވެވަވަޑައިގެންނެވި ނަމަވެސް އެއްޖިންސުން ގުޅުން ހިންގި ކަމަކަށް ނަޝީދު އެއްބަސްވެފައެއް ނުވެ އެވެ.

ކުޑަކުއްޖަކާ އެކު އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ނަޝީދުގެ މައްޗަށް މީގެ އަހަރުތަކެއް ކުރިންވެސް ދައުވާކުރެވުނެވެ. ނަމަވެސް އެފަހަރު އެ ދައުވާ އިން ނަޝީދު ވަނީ ސަލާމަތްވެފަ އެވެ.