ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ހަފްތާއެއް؛ 1202 މީހަކު ކޮވިޑަށް ޕޮޒިޓިވް

މިދިޔަ ހަފްތާގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށް އަތޮޅުތަކުން 452 މީހަކަށް ވަނީ ކޮވިޑް ޖެހިފައެވެ. އަދި މާލެ ސަރަހައްދުން 528 މީހަކަށް ބަލި ޖެހުނެވެ. ރިސޯޓްތަކާއި ސިނާއީ މަސައްކަތް ހިނގާ ރަށްތަކުން 222 މީހަކަށް ވަނީ ބަލިޖެހިފައެވެ.

ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 181،000 ވުރެ މައްޗަށް އަރާފައެވެ. އެ ބަލީގައި ރާއްޖެއިން 305 މީހަކު މަރުވެފައިވެއެވެ.

މިދިޔަ 8 ހަފްތާގެ ޕޮޒިޓިވް ނަންބަރު

  • މެއި އެކަކުން ހަތަކަށް - 120 މީހަކު ޕޮޒިޓިވް
  • މެއި އަށަކުން 14 އަށް - 77 މީހަކު ޕޮޒިޓިވް
  • މެއި 15 އިން 21 އަށް - 102 މީހަކު ޕޮޒިޓިވް
  • މެއި 22 އިން 28 އަށް - 91 މީހަކު ޕޮޒިޓިވް
  • މެއި 29 އިން ޖޫން ހަތަރަކަށް - 84 މީހަކު ޕޮޒިޓިވް
  • ޖޫން ފަހަކުން 11 އަށް - 142 މީހަކު ޕޮޒިޓިވް
  • ޖޫން 12 އިން 18 އަށް - 405 މީހަކު ޕޮޒިޓިވް
  • ޖޫން 19 އިން 25 އަށް - 1202 މީހަކު ޕޮޒިޓިވް

ރާއްޖޭގައި ކޮވިޑްގެ ހާލަތު އަނެއްކާވެސް ގޯސްވެދާނެތީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ. ކޮވިޑްގައި ދިވެހީން ވަނީ ނުރައްކާތެރި ހަތަރު ރާޅެއް ތަޖުރިބާ ކޮށްފައެވެ.