އެސްޓީއޯ

އެސްޓީއޯ އިން މަކިޓާއަށް ހާއްސަ ޝޯރޫމެއް

Jun 28, 2022

މަކިޓާ ޕްރޮޑަކްޓް ތަކަށް ހާއްސަ މުޅިން އައު ޝޯރޫމް އެއް އެސްޓީއޯ އިން ހުޅުވައިފި އެވެ.

މަކިޓާ ޝޯރޫމް ހުޅުވުމަށް އެސްޓީއޯއިން މިރޭ ބޭއްވުނު ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވެވީ އެސްޓީއޯ ގެ ސީއީއޯ އަދި އެމްޑީ ހުސެން އަމުރު އަދި އެސްޓީއޯގެ މަކިޓާ ސަޕްލަޔަރު ކަމުގައިވާ މަކިޓާ ސިންގަޕޯ ގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ އެވެ. އެސްޓީއޯ އައު މަކިޓާ ޝޯރޫމް ހުޅުވިފައިވަނީ ބޮޑުތަކުރުފާނު މަގު ސީ ޓްރެކްސް ހުންނަ އިމާރާތުގެ ގްރައުންޑް ފްލޯގައެވެ.

މަކިޓާއަކީ 25 އަހަރުގެ ދިވެހިންގެ އިތުބާރާއި މަގުބޫލުކަން ހޯދާފައިވާ މަކިޓާ ބްރޭންޑަކީ 1915 ވަނަ އަހަރު އީޖާދުވެ ކަރަންޓު ސާމާނު އުފައްދައި ފޯރުކޮށްދިނުމުގައި މުޅި ދުނިޔެއަށް މަގުބޫލް ބްރޭންޑެކެވެ. ޖަޕާނުން އެތެރެކޮށް އެސްޓީއޯ އިން މަކިޓާ ގެ އުފެއްދުންތަށް ދިވެހިންނަށް ފޯރުކޮށްދިނުން ވެގެން ދިޔައީ މަސައްކަތް ތެރިންގެ ވަގުތު ސަލާމަތްކޮށްދީ އިތުރު ފަސޭހަ ތަކެއް ލިއްބައިދިން ކަމެއްކަމުގަ އެވެ. މާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ވެސް އެސްޓީއޯގެ މަކިޓާ ބްރޭންޑް ގެ އުފެއްދުންތަށް ލިބެންހުންނާނެއެވެ. މި ގޮތުން އެސްޓީއޯ ރީޖަނަލް ފިހާރަ ތަކުން އަދި އެސްޓީއޯ ޕީޕަލް ޗޮއިސް ގެ އޭޖެންޓުން ވެސް އާއްމުންނާއި ހަމައަށް މަކިޓާ ޕްރޮޑަކްޓްސް ފޯރުކޮށްދެމުންދެ އެވެ.

މަކިޓާ އިން ރާއްޖެ އެތެރެކޮށް ވިއްކާ އުފެއްދުންތަކުގެ ތެރޭގައި، ލަކުޑި/ ވަޑާންކުރުމަށް ހާއްސަ ކަރަންޓު އާލަތްތަށް، އައުޓްޑޯ އެކި މަސައްކަތްތަކަށް ބޭނުންކުރެވޭނެ ސާމާނު، ގާރޑެނިންއަށް ހާއްސަ އުފެއްދުން، އިންޑޯ އަދި އާއްމު ދިރިއުޅުމުގައި ބޭނުން ކުރެވޭނެ ވެކިއުމް ކްލީނަރ ފަދަ އެތަށް ސާމާނެއް އެކުލެވިގެންވެއެވެ.

އައު މަކިޓާ ޝޯރޫމް އާއެކު ކަސްޓަމަރުންނަށް އިތުރު ފުރިހަމަ ހިދުމަތްތަކެއް ލިބޭނެކަމަށް އެސްޓީއޯއިން ހާމަ ކުރިއެވެ. މިގޮތުން ޝޯރޫމް ގެ ތެރެއިން މަކިޓާ އުފެއްދުންތަކުގެ ސްޕެއަ ޕާޓްސް ލިބެންހުންނާނެ އެވެ. އަދި މަކިޓާ ބްރޭންޑަށް ހާއްސަ ސާވިސް ސެންޓަރު ވެސް ހުންނާނީ މި އައު ޝޯރޫމް ތެރޭގަ އެވެ. ކަރަންޓު ސާމާނު ގަތުމުގައި ދިވެހިންގެ ނަންބަ ވަން ބްރޭންޑު މަކިޓާ ވަނީ ރާއްޖޭގެ މަސައްކަތްތެރިން ގެ އިތުރުން އާއްމު ދިރިއުޅުމުގައި އާއިލާ ތަކަށް އިތުރު ފަސޭހަ ތަކާއި ލުއިތަކެއް ހޯދައިދީފަ އެވެ.