ސްކޫލް

އުރީދޫ މޫލީން ނޮވެލްޓީއާ ގުޅިގެން ފޮތްލިސްޓް މުޅިރާއްޖެ އަށް

Jun 29, 2022

އުރީދޫ މޯލްޑިވްސް އިން ނޮވެލްޓީއާ ގުޅިގެން ފޮތްލިސްޓު މުޅިރާއްޖެއަށް ހިލޭ ޑެލިވަރީކޮށްދޭން ނިންމައިފި އެވެ.

ކޮންމެ އަހަރެއްގެ ދިރާސީ އާ އަހަރު ފެށުމާއެކު، ސްކޫލް ފޮތްލިސްޓް ހޯދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ދަރިވަރުންނާއި ބެލެނިވެރިން ދަތުރުކޮށް ފިހާރަތަކަށް ބާރުބޮޑުވެ ކިއުގައި ޖެހެންޖެ އެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަން މެދުވެރިކޮށް ބުކްޝޮޕްތަކުން ހިލޭ ދޫކުރާ ފޮތްލިސް ފަސޭހަކަމާއެކު ގޭގައި ތިބެގެން އޯޑަރުކޮށްލައި ގެއަށް ޑެލިވާ ކޮށްލުމުގެ ފަސޭހަ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް ހޯދައިދިނުމަށް އުރީދޫ މޯލްޑިވްސް އާއި ނޮވެލްޓީ ބުކްޝޮޕުން ޕާޓްނާ "ބެކް ޓު ސްކޫލް" އޮފާ އެއް މިއަދު ވަނީ ތައާރަފްކޮށްފަ އެވެ. މި ޕާޓްނަޝިޕް ގެ ދަށުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ބެލެނިވެރިންނަށް ކޮންމެތާކުން އަދި ކޮންމެވަގުތެއްގައި ވެސް، މޫލީ މެދުވެރިކޮށް އޮންލައިންކޮށް ފޮތްލިސްޓް އޯޑަރކޮށްލެވި، ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް ހިލޭ ޑެލިވަރކޮށްދެވޭނެ އެވެ.

މި ހާއްސަ ޕްރޮމޯޝަންގެ ދަށުން މޫލީ މެދުވެރިކޮށް އޯޑަރު ކުރާ ކަސްޓަމަރުންނަށް ފޮތްލިސްޓްގެ އިތުރުން ބެކްޕެކް، ސްޓިކާ ޕެކް، ސެލޯފޭން އަދި ނޭމް ޓެގް ހިމެނޭ ހާއްސަ ގިފްޓް ޕެކެއް ލިބިގެންދާނެ އެވެ. މޫލީ މެދުވެރިކޮށް ފޮތްލިސްޓް ބައްލަވައިގަތުމަށް މޫލީ ވެބްސައިޓްގެ ބުކްސް އެންޑް ސްޓޭޝަނަރީ ކެޓަގަރީގެ ދަށުން ސްކޫލަށް ބޭނުންވާ ސާމާނު ފެނިވަޑައިގަންނަވާނެއެވެ. ޗެކް-އައުޓް ކުރާއިރު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދޭ ވައުޗަރ ކޯޑާއި ސްޓޫޑެންޓް އައިޑީ ކާޑު ނަމްބަރު ސްޕެޝަލް އިންސްޓްރަކްޝަންސް ގޮޅީގައި ޖަހާލަންޖެހޭނެއެވެ. އޯޑަރުކުރާ ތަކެތި ޑެލިވަރ ކުރުމުން، އެފޮތްލިސްޓް އޯޑަރުކުރުމަށް ބޭނުންކޮށްފައިވާ ވައުޗަރު، ޑެލިވަރ ކުރާ ފަރާތާ ހަވާލުކޮށްލަންޖެހޭނެއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހިލޭ ފޯރުކޮށްދޭ ފޮތްލިސްޓާއި ސްޓޭޝަނަރީގެ އިތުރުން، އިތުރު ސްޓޭޝަނަރީ ބޭނުންފުޅުވާ ބެލެނިވެރިންނަށް ގޯލްޑް ނުވަތަ ޕްލެޓިނަމް ޕެކޭޖަށް އޯޑަރު އަޕްގްރޭޑް ކުރެވޭނެއެވެ. މިޕެކޭޖުތަކުގައި ފޮތްލިސްޓްގެ އިތުރުން މެޕްޑް ކަލަރ ޕެޕްސް ވޯޓަރކަލަރ މެޓަލް ސެޓް 24 ކުލަ، ފެބަރ-ކަސްޓެލް ވޯޓަ ކަލާ ޓިއުބް، ކެމަލް އާޓިސްޓް އޮއިލް، ސްޓެޓެޑްލަރ އެރްގޯސޮފްޓް ކަލަރ ޕެންސިލް ފަދަ ޕްރިމިއަމް ބްރޭންޑްތަކުގެ ޕްރިމިއަމް ސްޓޭޝަނަރީތައް ހިމެނެއެވެ. މި ޕެކޭޖުތަކުގައި ހިމެނޭ ތަކެތި ކަނޑައެޅިފައިވަނީ ފޮތްލިސޓް ބައްލަވައިގަންނަ ގްރޭޑަށް އެކަށޭނެހެންނެވެ.

އޮޑަރު ކުރުމަށް [މޫލީ ވެބްސައިޓަށް (https://www.moolee.mv/productdetails/62b99a5711af1951fe9a80d4) ޒިޔާރާތްކޮށް ލޮގިންވެލައްވާ
ސްޓޭންޑަޑް، ގޯލްޑް ނުވަތަ ޕްލެޓިނަމް ޕެކޭޖް ހިޔާރުކުރައްވާ ސްޓުޑަންޓް ވައުޗަރ ކޯޑް އަދި އައިޑީކާޑް ނަންބަރު ސްޕެޝަލް އިންސްޓްރަކްޝަންސް ގޮޅީގައި ޖައްސަވާ ކާޓްއަށް އެޑް ކުރުމަށްފައި އޯޑަރ ކަށަވަރުކުރައްވައި