ދިރާސީ އާ އަހަރު

ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި

ބޮޑު ޗުއްޓީއަށްފަހު ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި ރާއްޖޭގެ އެކި ސްކޫލުތަކުގައި 96،000 އެއްހާ ދަރިވަރުން ކިޔަވާނެ އެވެ.

އެ ގޮތުން ސަރުކާރުގެ 217 ސްކޫލުގައި 83،000 އެއްހާ ދަރިވަރުން އަދި ޕްރައިވެޓް ސްކޫލުތަކުގައި 13،000 އެއްހާ ދަރިވަރުން ކިޔަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި މާލެ ސަރަހައްދުގައި ހުރި ސަރުކާރުގެ ސްކޫލުތަކުގައި 17،000 އެއްހާ ދަރިވަރުން މި ދިރާސީ އަހަރު ކިޔަވާނެ އެވެ.

ދިރާސީ އާ އަހަރަށް ރަށްރަށުން 1،126 ދަރިވަރުން މާލެ ސަރަހައްދުގެ ސްކޫލުތަކަށް ބަދަލުވެފައިވާ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

ސަރުކާރުގެ ސްކޫލުތަކުގައި މި ދިރާސީ އަހަރު 12،000 އަށްވުރެ ގިނަ ޓީޗަރުން މަސައްކަތް ކުރާނެ އެވެ. މީގެ ތެރޭގައި 10،700 އަށްވުރެ ގިނަ ދިވެހި ޓީޗަރުން ހިމެނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި މި އަހަރު 162 ސްކޫލެއްގައި އެއް ދަންފަޅިއަށް ކިޔަވައިދޭނެ އެވެ.