ސްކޫލް

ފުރަތަމަ ޓާމްގެ ޗުއްޓީ ފަށައިފި

ދިރާސީ އަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުން ނިމި ޗުއްޓީ ފަށައިފި އެވެ.

ސްކޫލުތަކުގައި ފުރަތަމަ ޓާމްގެ ކިޔެވުން ފެށީ މި އަހަރުގެ މެއި 26 ވަނަ ދުވަހު އެވެ. ފުރަތަމަ ޓާމްގެ ކިޔެވުން ނިމި މިއަދު ވަނީ ދަރިވަރުންނަށް ރިޕޯޓް ފޯމް ދީފަ އެވެ.

ޓާމް ޗުއްޓީއަށްފަހު ދެވަނަ ޓާމްގެ ކިޔެވުން ފަށާނީ އޮކްޓޫބަރު މަހުގެ ހަ ވަނަ ދުވަހު އެވެ. ދެވަނަ ޓާމްގެ ކިޔެވުން ނިމޭނީ އަންނަ އަހަރުގެ މާޗް ހަ ވަނަ ދުވަހު އެވެ.

ރާއްޖޭގެ އެކި ސްކޫލުތަކުގައި މި ދިރާސީ އަހަރުގެ ކިޔެވުން ފެށީ 96،000 އެއްހާ ދަރިވަރުންނާއެކު އެވެ. އެ ގޮތުން ސަރުކާރުގެ 217 ސްކޫލުގައި 83،000 އެއްހާ ދަރިވަރުން އަދި ޕްރައިވެޓް ސްކޫލުތަކުގައި 13،000 ދަރިވަރުން ކިޔަވާފައިވެ އެވެ.

ދިރާސީ އަހަރު ފެށުނުއިރު އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރި ގޮތުގައި ރަށްރަށުން 1،126 ދަރިވަރުން މާލެ ސަރަހައްދުގެ ސްކޫލުތަކަށް ބަދަލުވެފައިވެ އެވެ.

ސަރުކާރުގެ ސްކޫލުތަކުގައި މި ދިރާސީ އަހަރު 12،000 އަށްވުރެ ގިނަ ޓީޗަރުން މަސައްކަތް ކުރާއިރު މީގެ ތެރެއިން 10،700 ޓީޗަރުންނަކީ ދިވެހިންނެވެ.