އެޗްޑީސީ

ގެވެށި އަނިޔާ ލިބޭ މީހުން ތިބޭނެ ތަނެއް ހަދަނީ

Jun 29, 2022

ގެވެށި އަނިޔާ ލިބޭ މީހުން ބައިތިއްބާނެ ތަނެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

ހުޅުމާލޭގައި މިފަދަ މަރުކަޒެއް އަޅަން ނިންމާފައިވަނީ ޖެންޑާ މިނިސްޓްރީންނެވެ. އެޗްޑީސީން ބިން ހަމަޖައްސައިދީފައިވީ ނަމަވެސް މި މަރުކަޒު އަޅަން ނިންމާފައިވާ ވަކި ތަނެއް ނުބުނެ އެވެ.

މިއިމާރާތުގެ މަސައްކަތް ނިމޭއިރު ގެވެށި އަނިޔާ ލިބިގެން ފަރުވާ ބޭނުންވާ މީހުންނަށް ބޭނުންވާނެ ޒަމާނީ ފަރުވާތައް ލިބޭނެ އިންތިޒާމުތައް ގާއިމުކުރާނެ އެވެ.

ފަރުވާ ބޭނުންވާ ކައުންސިލިން ދިނުމަށްޓަކައި އެކަމުގެ ތަޖުރިބާކާރު ހޯދުމަށްވެސް ނިންމާފައިވެ އެވެ.

ގެވެށި އަނިޔާ ލިބޭ މީހުންނަށް ބޭނުންވާ ފަރުވާގެ ނިޒާމާ އެކު އެމީހުން ބައިތިއްބާނެ މަރުކަޒެއް އަދި މިހާތަނަށް ރާއްޖޭގައި ހަދާފައެއް ނުވެ އެވެ.

ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އޭޕްރީލް މަހު އެކަނިވެސް ގެވެށީ އަނިޔާގެ ގޮތުގައި 31 މައްސަލަ އެ މިނިސްޓްރީއަށް ހުށަހަޅާފައިވެ އެވެ.