ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދެ ބިދޭސީއެއްގައި ހަށިގަނޑުގައި ހުރި ގިނަ އަދަދެއްގެ ބްލެޓުތައް ނެގެންދެން އެ މީހުންގެ ބަނދަށް ފަސް ދުވަސް ކޯޓުން ދީފި އެވެ.
މިމައްސަލައިގައި ފުލުހުންގެ ބެލުމުގައި ދަށުގައި ތިބީ ނޮދަން އަޔަލޭންޑަށް ނިސްބަތްވާ ދެ ފިރިހެނުންނެވެ.
މި ދެ މީހުންގެ ބަންދަށް އިއްޔެގެ ވަގުތެއްގައި ކޯޓުން ފަސް ދުވަސް ދިނީ އެ މީހުންގެ ޣައިރު ހާޒިރުގަ އެވެ. ސަބަބަކީ އެ މީހުންގެ ހަށިގަނޑުގައިވާ ބްލެޓުތައް ނެގުމަށް އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްފައިވާތީ އެވެ.
މި ދެ މީހުން ހޮސްޕިޓަލުން ދޫކޮށްލުމުން ކޯޓަށް ހާޒިރުކުރުމަށްވެސް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވެ އެވެ.
ފުލުހުން ލަފާކުރާ ގޮތުގައި މި ދެ މީހުންގެ ތެރެއިން ކޮންމެ މީހެއްގެ ހަށިގަނޑުގައިވެސް 120 ބްލެޓުގައި މަސްތުވާތަކެތި ރައްކާކޮށްފައިވެ އެވެ.
ދެ މީހުންގެ ހަށިގަނޑުން ބްލެޓުތައް ނެގުމުގެ މަސައްކަތް ކުރަމުންދާއިރު އަދި މިހާތަނަށް ނެނގިފައިވަނީ އެކެއްގެ ހަށިގަނޑުން 12 އަދި ދެވަނަ މީހާގެ ހަށިގަނޑު 13 ބްލެޓެވެ.
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރުމަކީ މިހާރަކަށް އައިސް ރާއްޖޭގައި ވަރަށް ބޮޑަށް އާންމުވެފައިވާ ކަމެކެވެ.