ވިޒިޓް މޯލްޑިވްސް

މަޝްހޫރު ދެ އިންފުލުއެންސަރުން ރާއްޖެ ގެނެސްފި

Jun 30, 2022
1

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށްޓަކައި ސޯޝަލް މީޑިއާގައި މަގުބޫލުކަން ހޯދާފައިވާ ދެ އިންފްލުއެންސަރުން ރާއްޖެ ގެނެސްފި އެވެ.

ރާއްޖެ އިޝްތިހާރު ކުރުމަށް ހަރަކާތްތެރިވާ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނީ އަންނަ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އިޝްތިހާރު ކުރުމުގައި ހަރަކާތްތެރިވާން ގެނެސްފައިވަނީ ކެޕާލާ މީޑިއާ ތަމްސީލް ކުރާ ދެ މީހުން ކަމަށެވެ.

ޓްރެވަލް އެންޑް ޓޫރިޒަމް ދާއިރާގައި ލަކްސްޓްރެވަލް ކަޕުލްގެ ނަމުން މަޝްހޫރުވެފައިވާ މި ދެ ތަރިންނަކީ ފޮޓޯ އާއި ވީޑިއޯ އުފައްދާ ދެ ތަރިންނެވެ.

މި ތަރިން ހަރަކާތްތެރިވަނީ އެމެރިކާ އާއި ކެނެޑާ އަދި އިޓަލީގައި މަސައްކަތް ކުރާ ފިލްމް އުފައްދާ ކުންފުންޏެެއްގަ އެވެ.

މި ދެ މީހުން ރާއްޖޭގައި ހަރަކާތްތެރިވާ ދުވަސްތަކުގައި ރާއްޖެ ދުނިޔޭގައި އެންމެ މަޝްހޫރު ދާއިރާ ކަމަށްވާ "ރޮމޭންޓިކް ސައިޓް އޮފް ލައިފް"ގެ ގިނަ މަންޒަރުތަކެއް ނަގާނެ އެވެ.

އެމްއެމްޕީއާރްސީ އިން މިދިޔަ އަހަރު އިންޑަސްޓްރީ ޕާޓްނަރުންނާއެކު 22 މާކެޓެއްގައި 260 ހަރަކާތް ހިންގާފައިވެ އެވެ.