ބޮލީވުޑް

"އޭކް ވިލަން ރިޓާންސް"ގައި ތާރާގެ ލަވަތަކެއް!

"އޭކް ވިލަން ރިޓާންސް" ރިލިޒް ކުރަން ތައްޔާރުވަމުންދާއިރު ފިލްމުގައި ހިމެނޭ ތަރިން މިހާރު އުޅެނީ ފިލްމު ޕްރޮމޯޓްކުރުމުގެ މަސައްކަތުގަ އެވެ. ފިލްމުގެ ޓްރެއިލާ މިހާރު ލޯންޗުކޮށްފައިވާއިރު ޖޯން އަބްރަހަމް އާއި ދިޝާ ޕަޓްނީގެ ކެމިސްޓްރީ އަދި އަރްޖުން ކަޕޫރާއި ތާރާ ސުތާރިއާގެ ކެމިސްޓްރީ ވެސް ބެލުންތެރިންނަށް ވަނީ ވަރަށް ކަމުގޮއްސަ އެވެ.

ތާރާ މި ފިލްމުގައި ކުޅެނީ ރޮކްސްޓާރެއްގެ ރޯލެވެ. ޑައިރެކްޓަރު މޯހިތު ސޫރީ ބުނި ގޮތުގައި މި ފިލްމުގައި ހިމެނޭ ބައެއް ލަވަތައް ކިޔައިދީފައިވަނީ ތާރާ އެވެ. ފިލްމުގައި ތާރާ އަކީ ލަވަކިޔުންތެރިޔަކަށް ވުރެ ބޮޑަށް ރޮކްސްޓާރެއް ކަމަށް ވެސް މޯހިތު ބުންޏެވެ.

"އޭކް ވިލަން ރިޓާންސް" ޓްރެއިލާ

"އޭކް ވިލަން ރިޓާންސް" އަކީ 2014ގައި މޯހިތު ޑައިރެކްޓްކުރި ސިދާރްތު މަލްހޯތުރާ އާއި ޝްރައްދާ ކަޕޫރު ލީޑް ރޯލު ކުޅުނު "އޭކް ވިލަން"ގެ ދެ ވަނަ ފިލްމެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި ރަނގަޅު ކާމިޔާބެއް ލިބުނެވެ. އަދި ފިލްމުގެ ލަވަތައް މިހާރު ވެސް ގިނަ ބައެއްގެ މެދުގައި ވަރަށް މަގްބޫލެވެ.

"އޭކް ވިލަން ރިޓާންސް" ރިލީޒްކުރަން ހަމަޖެހިފައިވަނީ މި ފެށުނު ޖުލައި 29 ވަނަ ދުވަހު އެވެ.