ޖާންވީ ކަޕޫރު

ޖާންވީ ކަޕޫރުގެ އާ ފިލްމަށް އޭނާގެ ބޭބެގެ ތައުރީފް

ޖާންވީ ކަޕޫރު ލީޑް ރޯލު ކުޅޭ ފިލްމު "އުލާޖް" އަށް އޭނާގެ ބޭބެ އަރްޖުން ކަޕޫރު ވަރަށް ބޮޑަށް ތައުރީފްކޮށްފި އެވެ.

އުލާޖް އުފެއްދި ޓީމުން އެ ފިލްމުގެ ޓްރެއިލާ އާންމުންނަށް ދޫކޮށްލުމާ އެކު ޖާންވީ ވަނީ އޭނާގެ ސޯޝަލްމީޑިއާ އެކައުންޓްތަކުގައި ޓްރެއިލާ ޝެއާކޮށްފަ އެވެ.

އުލާޖްގެ ޓްރެއިލާ ބަލާފައި ޖާންވީގެ ބޭބެ އަރްޖުން ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާ ކުރި ޕޯސްޓެއްގައި އޭނާގެ ހިޔާލު ހުރި ގޮތް ބުނެފަ އެވެ.

"އަަހަރެން ވަރަށް ޝައުގުވެރި ވެއްޖެ،" އޭނާ ބުންޏެވެ. އަރްޖުން ބުނީ އޭނާގެ ކޮއްކޮ އެކި ކަހަލަ ރޯލުތަކާއި އެކި ވައްތަރުގެ ފިލްމު ކުޅޭތަން ފެނުމުން ވަރަށް ބޮޑަށް އުފާވާ ކަމަށެވެ.

މި ފިލްމުގައި ޖާންވީ ކުޅެނީ އިންޑިއާގެ ފޮރިން ސާވިސްއަށް އަލަަށް އެޕޮއިންޓް ކުރާ އެންމެ ހަގު ޑެޕިއުޓީ ހައި ކޮމިޝަނަރުގެ ރޯލެވެ.

އުމުރުން ހަގުވުމުން ވަޒީފާގެ މާހައުލުގައި ޖާންވީއަށް ދިމާވާ އެތައް ގޮންޖެހުމެއ އެތައް ގޮންޖެހުމެއް މި ފިލްމުގައި ދައްކުވައިދޭނެ ކަމަށްވެ އެވެ. މީގެތެރޭގައި އޭނާއަށް މަގާމު ލިބުނު ގޮތާމެދު ޝައްކު ކުރާ ގިނަ ބައެއްގެ އުނދަގޫތައް ކުރިމަތިވާ ގޮތްވެސް ދައްކުވައިދެ އެވެ.

މި ފިލްމުގައި ޖާންވީގެ އިތުރުން އާދިލް ހުސައިންއާއި ރަޖޭޝް ޓައިލަންގް، ރާޖެންދްރާ ގުޕްތާ ވެސް ހިމެނެ އެވެ.

މި ފިލްމަކީ އޮގަސްޓް މަހުގެ ދެވަނަ ދުވަހު އަޖޭ ދޭވްގަންގެ ފިލްމު "އޯރޮން މޭން ކަހާ ޑަމްތާ" އާއި އެއްކޮށް ރިލީޒް ކުރާ ފިލްމެކެވެ.