ޖާންވީ ކަޕޫރު

ޖާންވީ ކަޕޫރު ހޮސްޕިޓަލުން ދޫކޮށްލައިފި

ކާނާ ވިހަވެގެން ފަރުވާ ދިނުމަށްފަހު ބޮލީވުޑްގައި އަރަމުން އަންނަ ބަތަލާ ޖާންވީ ކަޕޫރު ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

ކާނާ ވިހުވުމާ ގުޅިގެން ފަރުވާ ދިނުމަށް މުމްބާއީގެ ހޮސްޕިޓަލެއްގައި ޖާންވީ އެޑިމިޓް ކުރީ މިމަހުގެ 18 ވަނަ ދުވަހު އެވެ.

ޖާންވީގެ ބައްޕަ ބޮނީ ކަޕޫރު ބުނީ ޖާންވީއަށް ފަރުވާ ދިނުމަށްފަހު މިއަދު ހެނދުނު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށްވެސް ބުންޏެވެ.

ޖާންވީ ކަޕޫރު ކާނާ ވިހާވީ ސީދާ ކޮން އެއްޗެއް ކައިގެން ކަމެއް އޭނާގެ އާއިލާ އިން ހާމަކޮށްފައެއް ނުވެ އެވެ،