ބޮލީވުޑް

"މިސްޓާ އެންޑް މިސަސް މާހީ" އަށް 27 ކޮރޯޑް ރުޕީސް

0%
0%
0%

ޖާންވީ ކަޕޫރު އަދި ރާޖްކުމާރް ރާއޯ ކުޅެފައިވާ ފިލްމު "މިސްޓާ އެންޑް މިސަސް މާހީ" އަށް ބޮކްސް އޮފީސް ކަލެކްޝަންގައި ނުވަވަނަ ދުވަހާ ހަމައަށް 27 ކްރޯޑް ރުޕީސް ލިބިއްޖެ އެވެ.

މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހު މި ފިލްމު ރިލީޒްކުރުމާއެކު ފުރަތަމަ ހަފްތާގެ ތެރޭގައި ވަނީ ވިޔަފާރީގެ ގޮތުން ބޮޑު ކާމިޔަބީއެއް ހޯދާފަ އެވެ.

ޝަރަން ޝަރްމާ ޑައިރެކްޓު ކޮށްފައިވާ މި ފިލްމަކީ ދެމަފިރިން -- މެހެންޑްރާ އާއި މަހިމާގެ ދިރިއުޅުން ދައްކުވައިދޭ ފިލްމެކެވެ. ދެމަފިރިންނަށް ކުރުކޮށް ކިޔާ އުޅެނީ މާހީ އެވެ.

ކްރިކެޓް ކުޅުމަށް މަހިމާގެ ހުންނަ ޝައުގުވެރިކަން އެނގޭ ހިސާބުން މެހެންޑްރާ އޭނާގެ އަންހެނުންނަށް ކްރިކެޓް ކުޅެން ޕްރޮފެޝަނަލް އަކަށް ވުމަށް ކޯޗު ކޮށްދެ އެވެ.

ފިލްމުގައި މެހެންޑްރާގެ ރޯލު ކުޅެނީ ރާޖްކުމާރް އެވެ. އަދި ފިލްމުގެ މައިގަނޑު ކެރެކްޓާ، މަހިމާގެ ރޯލު އަދާކުރަނީ ޖާންވީ އެވެ.

މި ފިލްމުގައި ހިމެނޭ އިތުރު ތަރިންގެ ތެރޭގައި ޒަރީނާ ވަހާބްއާއި، ކުމުޑް މިޝްރާ، ރަޖޭޝް ޝަރްމާ ހިމެނެ އެވެ.

ބޮލީވުޑްގެ ޓްރޭޑް އެނަލިސްޓް ތަރަން އަދަރްޝް ވަނީ މިދިޔަ ހުކުރު ދުވަހު ސޯޝަލް މީޑިއާ ޕްލެޓްފޯމް، އެކްސްގައި ލިޔުނު ނޯޓެއްގައި "މިސްޓާ އެންޑް މިސަސް މާހީ" ފަހުރުވެރިވާ ފަދަ ސްކޯއެއް ހޯދާފައިވާ ކަމަށް ބުނެފަ އެވެ. އަދި ދެވަނަ ހަފްތާގައިވެސް މި ސްކޯ ހިފަހައްޓަންޖެހޭ ކަމަށްވެސް އޭނާ ބުނެފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345