އައި ކެއާ

ސްކޫލް ޗުއްޓީއަށް އައިކެއާ އިން ޕްރޮމޯޝަނެއް

Jul 2, 2022

ކުރިއަށް އޮތް ސްކޫލް ޗުއްޓީއާ ދިމާކޮށް އައިކެރ އޮޕްޓިކަލްސް އިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އައިކެއަރ އިން ބުނީ ކުރިއަށް އޮތް ސްކޫލް ޗުއްޓީއަށް އައިކެއަރ އޮޕްޓިކަލްސްއިން ކުރިއަށް ގެންދާ ހާއްސަ ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މި މަސް ނިމެންދެން ކަމަށެވެ.

އައިކެއަރ އޮޕްޓިކަލްސްގެ ހުރިހާ ފިހާރައެއްގައި ވެސް މިޕްރޮމޯޝަން ކުރިއަށް ދާނެ އެވެ. މި ޕްރޮމޯޝަންގައި 900 ރުފިޔާ އަށް ވުރެ މަތިން ވިޔަފާރިކުރާ ކޮންމެ ކަސްޓަމަރަކަށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.

މި ޕްރޮމޯޝަންގައި ޑައިސްއެއް ރޯލުކޮށްލައިގެން އަގުހުރި އިނާމުތަކާއި އެކި ޑިސްކައުންޓްތައް ކާމިޔާބު ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު އައިކެއަރގެ ހޮޓްލައިން 3321026 އަށް ގުޅައިގެން ހޯދޭނެ އެވެ. އަދި އައިކެއަރ އޮޕްޓިކަލްސްގައި ލިބެން ހުރި ޕްރޮޑަކްޓްތައް އައިކެއާ އަށް ޒިޔާރަތް ކޮށްގެން ބަލައިލެވޭނެ އެވެ.