ފެންފުށި

ފެންފުށިން ގެއްލުނު ދެ ޒުވާނުން ފެނިއްޖެ، ހާލު ސީރިއަސް

އދ. ފެންފުށި: ފެންފުށިން ގެއްލުނު ދެ ޒުވާނުން ވަނީ ފެނިފައި
50%
0%
50%

އއ. ފެންފުށިން ގެއްލުނު ދެ ޒުވާނުން މިހާރު ފެނިފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ދެ ޒުވާނަކު މޫދަށް ގެއްލުނީ ފެންފުށީ ހުޅަނގު ފަރާތު ތުނޑި ސަރަހައްދުންނެވެ. އެ ދެ ޒުވާނުންނަށް ރަށު ސިއްހީ މަރުކަޒުގައި ދަނީ ފަރުވާ ދެމުންނެވެ. ދެ ޒުވާނުންގެ ހާލުވެސް ރަނގަޅެއް ނޫނެވެ. އަދި އިތުރު ފަރުވާއަށް އެހެން ރަށަކަށް ގެންދިއުމަށް މިހާރު ދަނީ މަަސައްކަތް ކުރަމުންނެވެ.

މިކަމާއި ގުޅޭގޮތުން ދިވެހި ފުލުހުން ހިދުމަތުން ބުނީ ފެންފުށީގައި މޫދަށް އެރި އުޅުނު ދެ މީހަކު ގެއްލިގެން އިރުއޮއްސި ހައެއް ޖެހިއިރު ރިޕޯޓެއް ލިބިފައިވާ ކަމަށެވެ. މި ހާދިސާގައި ގެއްލުނީ އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނަކާއި 23 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެ ދެެ މީހުންވެސް މިހާރު ފެނިފައިވާ ކަމަށާ ދެ މީހުންނަށްވެސް ފަރުވާ ދެމުންދާ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345