ފެންފުށި

ފެންފުއްޓަށް ނަގޫރޯޅިއެއް އަރައި ބައެއް ގޭގެއަށް ގެއްލުން ވެއްޖެ

Apr 21, 2016
ފެންފުއްޓަށް އެރީ ނަގޫރޯޅީގައި ގަސްތައް ވެއްޓިފައި: ރަށަށް އެހީތެރިކަން ފޯރުކޮށްދޭން ވަނީ ފަށާފައި -- ފޮޓޯ: ޕޮލިސް
0%
0%
0%

އދ. ފެންފުށްޓަށް އިއްޔެ ނަގޫރޯޅިއެއް އަރައި އެ ރަށުގެ ބައެއް ގެތަކަށް ގެއްލުން ވެއްޖެ އެވެ. މި ހާދިސާގައި މީހަކަށް ގެއްލުމެއް ނުވެއެވެ.

ފުލުހުން ބުނީ އިއް އެ ރަށަށް އެރި ނަގޫރޯޅިއެއްގައި ގެއްލުންތައް ވެފައިވާތީ އެ ރަށަށް އެހީތެރިކަން ފޮރުކޮށްދެމުން އަންނަ ކަމަށެވެ. ފެންފުއްޓަށް ނަގޫރޯޅިއެއް އެރީ އިއްޔެ ހަވީރު ރަށުގެ އިރުމަތީ ފަރާތަށެވެ. އެ ރޯޅީގައ ބައެއް ގެތަކަށާއި ގަސްތަކަށް ބޮޑެތި ގެއްލުންތައް ލިބުނެވެ.

އެގޮތުން ހަގެއެއްގެ ފާރު ވެއްޓި ފަސް ގެއެއްގެ ފުރާޅުގެ ބޮޑު ބައެއް ވަނީ ހަލާކުވި އިރު ފަސް ގެއެއްގައި ހުރި ބަނބުކެޔޮ ގަސްތައް ބުޑުން ލުހިގެން ވެއްޓި އެކިވަރުގެ ގެއްލުންވި އެވެ. އެހެން ބައެއް ގޭގެއަށް ވެސް ވަނީ އެކިވަރުގެ ގެއްލުންތައްވެފައެވެ.

އިއްޔެ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ ވިއްސާރަ ކުރި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345