ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރު

ނަޖިސް ބޭރުވުމުން 40 މީހަކު ވަގުތީ ހިޔާތަކަށް

މާލެއަށް މީގެ ކުރިން ވާރޭ ވެހި ފެން ބޮޑުވެފަ -- ފޮޓޯ: އަހުމަދު އަޒާން | އަވަސް
0%
0%
0%

މާލެއަށް އިއްޔެ ކުރި ވިއްސާރައިގައި ފެންބޮޑުވެ ނަޖިސް ބޭރުވުމުގެ ސަބަބުން 40 މީހަކު ވަގުތީ ހިޔާތަކަށް ގެންދަން ޖެހިއްޖެ އެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ރޭ ބުނީ ވިއްސާރައިގައި ފެން ބޮޑުވެ ނަޖިސް ބޭރުވުމުގެ ސަބަބުން ހަތަރު ގެއަކުން 40 މީހުން ރައްކާތެރި ތަންތަނަށް ބަދަލުކުރަން ޖެހުނު ކަމަށެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި ކ. ތުުލުސްދޫގައިވެސް ބައެއް ގެތަކުން ނަޖިސް ލީކުވެގެން ރިޕޯޓްކޮށްފައިވާ ކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފަ އެވެ.

ވިއްސާރައިގައި އިއްޔެ ހަވީރުން ފެށިގެން ރޭ ފަތިސް ވަންދެން ބޯކޮށް ވާރޭވެހި މާލެ އާއި ބައެއް ރަށްރަށުގައި ފެން ބޮޑުވި އެވެ.

މާލޭގައި ފެން ބޮޑުވުމުން އެމްއެންޑީއެފް އިން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި މާލޭގެ 131 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީ، 976 ވެލި ބަސްތާ ވަނީ ޖަހައިދީފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345