ލައިފްސްޓައިލް

ބައްޕައަކު ކިޔަވައިދިން ކުއްޖަކަށް 100 އަކުން ހައެއް

ހިސާބު ކިޔެވުމަކީ ކޮންމެ ކޮންމެ މީހަކަށް ވާވަރުގެ ކަމެއް ނޫނެވެ. ބައެއް ދަރިވަރުންނަށް ހިސާބު ފަސޭހަޔަސް ގިނަ ދަރިވަރުންނަށް ހިސާބަކީ އެންމެ އުނދަގޫ މާއްދާއަށް ވެއެވެ. އެފަދަ ކުދިންނަށް ހިސާބަކީ ބިރުވެރި ހުވަފެނެއް ފަދަ އެއްޗެކެވެ.

ޗައިނާގެ ބައްޕައަކު އޭނާގެ ދަރިފުޅަށް ހިސާބު މާއްދާ އުނދަގޫކަން އެނގިގެން އޭނާއަށް އެހީތެރިވާން ގަސްތުކުރި އެވެ. އޭނާ ޓިއުޝަން ދީގެން އޭނާގެ އިރުޝާދުގެ ދަށުން މަސައްކަތް ކޮށްފިނަމަ އަހަރު ނިމޭއިރު ދަރިފުޅު ވަރަށް މޮޅަށް ފާސް ވާނެކަމުގެ ޔަގީން ކަމާއެކުގަ އެވެ.

ނަމަވެސް އަހަރުގެ ފަހު އިމްތިހާނު ނިމި ނަތީޖާ ހާމަކުރިއިރު އެ މީހާގެ ދަރިފުޅަށް އިމްތިހާނުން ލިބިފައިވަނީ 100 އަކުން އެންމެ 6 އެވެ.

މި ކުއްޖާ ފޭލްވީމަ ވީ ދެރައިން ފިރިހެންމީހާ އަޑުން އަޑުނަގާ ރޯ މަންޒަރުގެ ވީޑިއޯއެއް ވަރަށް ފަހުން އިންޓަނެޓުގައި ވައިރަލް ވެފައި ވެއެވެ.

ޗައިނާގެ ސޯޝަލް މީޑިއާ ސައިޓެއް ކަމަށްވާ ވީބޯގައި މި ވީޑިއޯ ވައިރަލްވުމުން މިލިއަނަކަށް ވުރެ ގިނަ މިހުން ވީޑިއޯ ބަލާފައި ވެއެވެ.

އެންމެ މަޖާ ކަމަކީ ވީޑިއޯގައި ފިރިހެން މީހާ ރޯތަން ފެންނައިރު މިކަމުގެ ބާވަތުން އޭނާގެ އަންހެނުން ގާތަށް ހިނިއައިސްގެން ފަހަތުގައި ހުރެ ހޭ ތަން ވެސް ވީޑިއޯ އިން ފެންނާތީ އެވެ.

މި ޚަބަރުގައި ބުނެފައިވާ ގޮތުގައި ހެނާންގެ ޒެންޒްޒޫގައި ދިރިއުޅޭ މި ފިރިހެން މީހާ އޭނާގެ ދަރިފުޅަށް އަހަރު ދުވަސް ވަންދެން ކޮންމެ ދުވަހަކު އެތައް ގަޑިއިރެއް ޓިއުޝަން ދީފައި ވެއެވެ.

އޭނާ ޓިއުޝަން ދޭން ފެށުމުގެ ކުރިން އޭނާގެ ދަރިފުޅަށް ބައެއް ފަހަރު 40 ނުވަތަ 40 މާކްސް ލިބެ އެވެ. އަދި އަނެއް ބައި ފަހަރު 80 ނުވަތަ 90 މާކްސް ވެސް ލިބިފައި ވެއެވެ. ނަމަވެސް ބައްޕަ ޓިއުޝަން ދިނުމުން އެންމެ 6 މާކްސް ލިބުމުން އެ ބައްޕަ ވާނެ ދެރަ ހީކޮށްލާށެވެ.

"އަހަރެން ދެން ނޫޅެން އެކަމާ އަޅާލާކަށް. އޭނާ އަމިއްލައަށް ދަސްކުރެވުނު ގޮތަކަށް ދަސްކުރަން ބަހައްޓާ. އަހަރެން ކުރި ހުރިހާ މަސައްކަތް މިދިޔައީ ބޭކާރުވެގެން،" ރޮމުން ރޮމުން ފިރިހެން މީހާ ބުނެފައިވެ އެވެ.