ނޫސްވެރިން

131 ދުވަހަށްފަހު ތުރުކީ ރިޕޯޓަރު ޖަލުން ދޫކޮށްލައިފި

ތުރުކީގެ ވައިސް ނޫހުގެ ރިޕޯޓަރު މުހައްމަދު ރަސޫލް ހައްޔަރު ކުރިތާ 131 ދުވަސް ފަހުން ޖަލުން މިނިވަން ކޮށްފި އެވެ.

މުހައްމަދު ހައްޔަރުކުރި އިރު އޭނާ އާއެކު އިނގިރޭސިވިލާތުގެ ދެ ނޫސްވެރިޔަކާއި އެމީހުންގެ ޑްރައިވަރު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެމީހުން ހައްޔަރުކުރީ އެމީހުން ތިބި ހޮޓެލް ކުރިމަތީގައި ސެކިއުރިޓީ ވަފުދުތަކާއި އިދިކޮޅު ކުރުދިސްތާން ވޯކާސް ޕާޓީގެ (ޕީކޭކޭ) މެމްބަރުންގެ ތަޅާފޮޅުމުގެ ޑްރާމާ މަންޒަރެއް ނެގުމުންނެވެ.

މުހައްމަދު ދޫކޮށްލި ކަމުގައި ވިޔަސް އޭނާގެ މައްޗަށް "ޓެރަރިސްޓު ޖަމާއަތަކަށް" އެހީތެރިވެދިން ކަމުގެ ދައުވާ ވަނީ އުފުލާފަ އެވެ. ނަމަވެސް ހައްޔަރުކުރިތާ 11 ދުވަސްތެރޭ އިނގިރޭސި ވިލާތުގެ ދެ ނޫސްވެރިންވަނީ އެއްވެސް ދައުވާއެއް އުފުލުމެއް ނެތި ދޫކޮށްލާފަ އެވެ.

ވައިސް ނޫހުން ނެރުނު ބަޔާނެއްގައި ބުނީ މުހައްމަދު މިހާރު މަސައްކަތް ކުރަނީ އަމިއްލަ ރައްކާތެރިކަން ހޯދަން ކަމަށާއި އާއިލާ އާއި ރައްޓެހިންނާ އަދި އެކުގައި މަސައްކަތް ކުރާ މީހުންނާ ގުޅުން ބަދަހި ކުރަން އަންނަ ކަމަށެވެ.

މުހައްމަދުގެ ބަންދުކޮށް މުއްދަތު އިތުރުކޮށްފައިވަނީ ރައީސް އަށް ތުހުމަތު ކުރުމުގެ ގާނޫނޫގެ ދަށުން އަދި އެންޓި ޓެރަރިޒަމް އޮފެންސްގެ ދަށުން ކަމަށް ހަބަރުތައް ބުނެ އެވެ. ޕީކޭކޭ އަދި ތުރުކިޝް ސްޓޭޓް އާއި ދެމެދު ދެކެވެމުން އައި ސުލްހައިގެ ވާހަކަތައް މެދު ކެނޑުނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.