ނޫސްވެރިން

ރަސޫލާއަށް ނިސްބަތްކުރި ކާޓޫންތަކެއް ޝާއިއުކުރި ދެ ނޫސްވެރިޔަކު ޖަލަށް

ކީރިތި ރަސޫލާއަށް ނިސްބަތްކޮށް ކާޓޫނުތަކެއް ޝާއިއު ކުރި ދެ ނޫސްވެރިޔަކު ޖަލަށްލުމަށް ތުރުކީގެ ކޯޓަކުން ހުކުމްކޮށްފި އެވެ. މިދިޔަ ބުރާސްފަތި ދުވަހު އިސްތާންބުލްގެ ކޯޓަކުން ހުކުމްކޮށްފައި ވަނީ ތުރުކީގައި މަޝްހޫރު ދެ ނޫސްވެރިއަކަށެވެ. އެ ދެ ނޫސްވެރިނަށް ކޮށްފައި ވަނީ ދެ އަހަރުގެ ހުކުމެކެވެ.

ކީރިތި ރަސޫލާއަށް ނިސްބަތްވާ ކާޓޫންތަކެއް ޝާއިކޮށްފައި ވަނީ ނޫހެއްގެ ކޮލަމެއްގަ އެވެ. އެ ކޮލަމުގައި ޕަބްލިޝްކުރި ކާޓޫނުތަކަކީ ޗާލީ ހެބްޑޫގައި ޕަބްލިޝްކުރި ކާޓޫންތައް ކަމަށް ނޫސްތަކުން ދަނީ ރިޕޯޓު ކުރަމުންނެވެ.

ހުކުމް އައި ދެ ނޫސްވެރިންނަކީ ހިކްމެޓް ސެޓިންކަޔަ އާއި ސޭދާ ކަރަން އެވެ. މި ދެ ނޫސްވެރިންނަކީވެސް ތުރުކީގެ އޮޕޮޒިޝަން ނޫހަކަށް މަސައްކަތް ކުރަމުން އައި ދެ ނޫސްވެރިންނެވެ. މިއީ ކުމްހުރިޔޭޓް ޑެއިލީ ނޫހުގައި ކޮލަމް ލިޔަމުން އައި ދެ ނޫސްވެރިންނެވެ. އަދި މި ދެ ނޫސްވެރިންގެ ބަންދާއި ގުޅިގެން ކުމްހުރިޔޭޓް އިން ވަނީ ތުރުކީގައި ފަނާވަމުން އަންނަ ޕްރެސް ފްރީޑަމްއާ ގުޅިގެން ކަންބޮޑު ވުން ފާޅުކޮށްފައެވެ.