ނޫސްވެރިން

އިޒްރޭލުން ފަލަސްތީނުގެ ނޫސްވެރިއަކު ބަންދުކޮށްފި!

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދުވަހާ ދިމާކޮށް އިޒްރޭލްގެ މިލިޓަރީ ކޯޓަކުން އެއްވެސް ސަބަބަކާއި ނުލާ ފަލަސްތީނުގެ ނޫސްވެރިޔަކު ބަންދުގައި ބަހައްޓަން އަމުރު ކޮށްފިއެވެ. ފަލަސްތީނުގެ ނޫސްވެރިޔާ ހަތަރު މަސް ވަންދެން ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފަ އެވެ.

މި އަމުރު އައިސްފައިވަނީ ފަލަސްތީނުގެ އޮމާރް ނައްޒާލް ކިޔާ ނޫސްވެރިޔެކެވެ. ނައްޒާލް ހައްޔަރު ކޮށްފައިވަނީ މިދިއަ މަހުގެ 23 ވަނަ ދުވަހު ހިސޯރުކޮށްފައިވާ ވެސްޓް ބޭންކުންނެވެ. އެއީ ބޮސްނިއާގައި އޮތް ޔޫރަޕިޔަން ފެޑެރޭޝަން އޮފް ޖާނަލިސްޓުން ގެ ބައްދަލް ވުމަކަށް ފުރަން ތައްޔާރުވަމުން ދަނިކޮށެވެ.

ނައްޒާލް ބަންދުގައި ބަހައްޓަން އަމުރުކުރި މިލިޓަރީ ކޯޓުން ހުކުމް އިއްވުމުގެ ކުރިން، މިދިއަ އާދިއްތަ ދުވަހު ބައްދަލް ކުރިކަމަށް ފަލަސްތީނުގެ ނޫސް އޭޖެންސީ އެއްގެ އޮފޝަލަކު ވަނީ ކަށަވަރު ކޮށްދީފަ އެވެ.

އިޒްރޭލް ސިފައިންގެ ތަރުޖަމާނަކު ވިދާޅުވީ ނޫސްވެރިޔާ ބަންދުގައި ބަހައްޓާނެ ކަމަށާއި އޭނާ ބަހައްޓަން ކޯޓުން އަމުރު ކުރީ ނޫސްވެރިޔެއްގެ ޒިންމާ އަދާކޮށްގެން ނޫން ކަމަށާއި، އެ އަމުރު ކުރީ ޓެރޮރިސްޓް ޖަމާއަތެއްގެ ހަރަކާތްތަކުގައި ބައިވެރިވެގެން ކަމަށެވެ. އިޒްރޭލްގެ އެޑްމިނިސްޓްރޭޓިވް ޑިޓެންޝަން ގާނޫނުގެ ދަށުން، ސަބަބަކާއި ނުލާ ހަތަރު މަސް ވަންދެން ބަންދުގައި ބަހައްޓަން ހުއްދަ ލިބެ އެވެ. ނައްޒާލް ބަންދުކޮށްފައި ވަނީ އެ ގާނޫނުގެ ދަށުންނެވެ.

ނައްޒާލްގެ ބަންދާއި ގުޅިގެން ހަނާން އަޝްރާވީ ފަދަ ސިޔާސީ ވެރިން ވަނީ އިޒްރެއިލް ޖަވާބްދާރީ ކުރަން ގޮވާލާފައެވެ. އަދި މި ހާދިސާއާއި ގުޅިގެން ފަލަސްތީނުގެ ނޫސްވެރިން ޔޫނިއަނުންވަނީ އިތުރު 19 ނޫސްވެރިން އިޒްރެއިލުން ހައްޔަރު ކުރި ކަމަށް ހާމަކޮށް، ނޫސްވެރިން ދޫކޮށްލާ އިޒްރެއިލުގެ މައްޗަށް ފިޔަވަޅު އަޅަން ގޮވާލާފަ އެވެ.