ނޫސްވެރިން

ކެންބޯޑިޔާ ހަނގުރާމަ ކަވަކުރި ޖެހިލުން ކުޑަ ނޫސްވެރިޔާ މަރުވެއްޖެ

ކެންބޯޑިޔާގައި ކުރިއަށްދިޔަ ދާހިލީ ހަނގުރާމައިގެ ރަހުމް ކުޑަ އަދި ނުރައްކާތެރި މައިދާނުން ފިލައި ނުގޮސް ރިޕޯޓްކޮށް، ދުނިޔޭގެ ސަމާލުކަން ހޯދި އެމެރިކާގެ ނޫސްވެރިޔާ ސިޑްނީ ޝޭންބާގް މަރުވެއްޖެ އެވެ. އޭނާ މަރުވެފައިވަނީ އުމުރުން 82 އަހަރުގަ އެވެ. ސިޑްނީ މަރުވެފައިވަނީ މި ހަފުތާ ތެރޭގައި ހާޓް އެޓޭކެއް ޖެހި ފަރުވާދެމުން ދަނިކޮށެވެ.

ނޫސްވެރިޔާ ސިޑްނީ އަކީ ނޫސްވެރިންނަށްދޭ ޝަރަފުވެރި އެވޯޑެއްގައި ކަމަށްވާ ޕުލްއިޓްސާ ޕްރައިޒް ހޯދާފައިވާ ނޫސްވެރިޔެކެވެ. އޭނާއަށް އެ އެވޯޑް ލިބިފައިވަނީ ކެންބޯޑިޔާގެ ހަނގުރާމައިގެ "ކިލިން ފީލްޑް" އަށް ވަދެ ރިޕޯޓް ކުރުމާއި އެކަމަށްކުރި މަސައްކަތްތަކާ ގުޅިގެންނެވެ. އޭނާ މަސައްކަތްކޮށްފައިވަނީ "ޓައިމްސް" އަށެވެ. އަދި ސިޑްނީ މަޝްހޫރު ވެގެން ގޮސްފައިވަނީ ވެސް ކޮންބޯޑިޔާ ހަނގުރާމާ ކަވަރު ކުރުމުގައި އޭނާ ކުރި މަސައްކަތުގެ ސަބަބުން އެކަންޏެވެ.

ސިޑްނީ އަދި އޭނާގެ އެކުވެރި ނޫސްވެެރިއެއް ކަމަށްވާ ޑިތް ޕްރާން ވަނީ ކޮންބޯޑިޔާގެ ހާލަތު އެންމެ ގޯސްވި ދުވަސްވަރު ވެސް އެ ގައުމުގައި ހަނގުރާމައިގެ މައިދާނުން ފަހަތަށް ނުޖެހި މަޑުކޮށްފަ އެވެ. އެއީ 1975 ވަނަ އަހަރު އެވެ. އޭރު އެ ގައުމުން ބޭރުގެ ހުރިހާ ޑިޕްލޮމޭޓުންނާއި ބޭރުގެ ނޫސްވެރިން ވަނީ އެ ގައުމު ދޫކޮށް ފިލާފަ އެވެ.

ސިޑްނީ އަދި ޕްރާން، ކޮންބޯޑިޔާގައި އޭރު ހަރަކާތްތެރިވި ގުރޫޕެއް ކަމަށްވާ ހެމަރޫޖުން ރަހީނުކޮށް މަރުގެ އިންޒާރު ވެސް ދީފައިވެ އެވެ. ސިޑްނީ ވަނީ ޕްރާން އާއި އޭނާގެ އާއިލާ އެ ގައުމުން ރައްކާތެރިކަމާއެކު ނެރުމަށް ވެސް އެހީތެރިވެދީފަ އެވެ.

މި ހާދިސާގެ މައްޗަށް ބިނާކޮށް، އުފެއްދި "ދަ ކިލިން ފީލްޑްސް" އަށް އޮސްކާ އެވޯޑް ވެސް ލިބިފައިވެ އެވެ.