އެސްޓީއޯ

އެސްޓީއޯގެ ހަދިޔާ 241 ކުއްޖަކަށް

Jul 3, 2022

އަލަށް އުފަންވާ ކުދިންނަށް ހަދިޔާ ދިނުމަށް އެސްޓީއޯ އިން ކުރިއަށް ގެންދާ ހަރަކާތުގައި މިދިޔަ ނިމުނު ޖޫން މަހުގެ ނިޔަލަށް 241 ކުއްޖަކަށް ހަދިޔާ ދީފި އެވެ.

މިމުއްދަތުގައި މާލެ ސަރަހައްދުން އުފަންވި 136 ކުދިންނަށް އެސްޓީއޯ އިން ހަދިޔާ ދީފައިވެ އެވެ.

އަތޮޅު ތެރެއަށް ބަލާއިރު ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް އުފަންވި 37 ކުއްޖަކަށާއި، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް އުފަންވި 18 ކުއްޖަކަށާއި، ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް އުފަންވި 16 ކުއްޖަކަށާއި، ގދ. ތިނދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް އުފަންވި 9 ކުދިންނަށާއި ފުވައްމުލަކު ހޮސްޕިޓަލަށް އުފަންވި ހަތް ކުދިންގެ އިތުރުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް އުފަންވި 18 ކުދިންނާ އެކު އަތޮޅުތެރެއިން ޖުމުލަ 105 ކުއްޖަކަށް ޖޫން މަހު ހަދިޔާ ދީފައިވެ އެވެ.

އެސްޓީއޯ އިން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އަލަށް އުފަންވާ ކުދިންނަށް ހަދިޔާ ދެމުންދާނެ ކަމަށެވެ.

އެސްޓީއޯ އިން ދޭ "ގިފްޓް ހެމްޕާ"ގައި ހިމެނެނީ ތުއްތު ކުދިންނަށް އެންމެ ބޭނުންވާ އަދި އެސްޓީއޯ އިން ވިއްކާ އާންމުންގެ މެދުގައި މަގުބޫލު ބްރޭންޑެޑް އުފެއްދުންތަކެވެ.