އީޕީއޭ

ނަކައި އަލިމަތާ ރިސޯޓް ޖޫރިމަނާކޮށްފި

Jul 4, 2022

ނަކައި އަލިމަތާ ރިސޯޓުން ގަވައިދާ ހިލާފަށް ކަނޑަށް ކުނި އެޅުމުން އެ ރިސޯޓް ޖޫރިމަނާކޮށްފި އެވެ.

ވ. އަތޮޅުގައި ހިންގާ އަލިމަތާ ރިސޯޓް އިއްޔެގެ ވަގުތެއްގައި ޖޫރިމަނާކޮށްފައިވަނީ 312،750 ރުފިޔާ އިންނެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނި ގޮތުގައި އަލިމަތާ ރިސޯޓުން ވަނީ ކުނިވާޒާތުގެ ކުނި މޫދަށް އަޅާފަ އެވެ.

ކުނި މެނޭޖުކުރުމާ ބެހޭ ގަވާއިދާ ހިލާފަށް އަލިމަތާ ރިސޯޓުން ކުނި އުކާލާފައިވާތީ އެ ރިސޯޓް ޖޫރިމަނާކޮށްފައިވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުން ބާރު ލިބިގެން ހަދާފައިވާ ގަވާއިދުގެ ދަށުންނެވެ.

ޖޫރިމަނާގެ ފައިސާ ދެއްކުމަށް ދީފައިވަނީ އީޕީއޭ އިން ދީފައިވަނީ 30 ދުވަހުގެ މުއްދަތެކެވެ.

ގަވައިދާ ހިލާފަށް ކުނި އުކާލުމުންނާއި ތިމާވެށީގެ ގާނޫނާ ހިލާފަށް އަމަލުކޮށްގެން މީގެކުރިން ވެސް ބައެއް ރިސޯޓުތައް އެކި އަދަދުތަކުން ޖޫރިމަނާކޮށްފައިވެ އެވެ.