ވިލާ ގްރޫޕް

ވިލާގޭހުގެ ލުއި ފުޅިއަށް ބަދަލުކުރަން 499 ރުފިޔާ

Jul 4, 2022

ވިލާ ގޭސްގެ "ކޮމްޕޮސިޓް ފުޅި" ހެޔޮ އަގެއްގައި ބަދަލުކޮށްލެވޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ވިލާ ގޭހުން ބުނީ މި ޕްރޮމޯޝަންގެ ދަށުން އެ ކުންފުނިން ވިއްކާ ކޮމްޕޮސިޓް ފުޅި 499ރ. އަށް ލުއި ފުޅިއަށް ބަދަލުކުރެވޭނެ އެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގެ މައުލޫމާތު 3336633 އަށް ގުޅައިގެން ލިބޭނެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ގޭސް ފެކްޓަރީ ހިންގާ ކުންފުންޏަކީ ވިލާ އެވެ.

ވިލާ އިން ރައްކާތެރި ކޮމްޕޮސިޓް ފުޅި ތައާރަފް ކުރީ 2017 ގައެވެ. މީގެ ފުޅިއެއްގެ ބަރުދަނުގައި ހުންނަނީ 6.6 ކިލޯ އެވެ. އަދި ގޭހާއެކު ބަރުދަން 16 ކިލޯ އަށް އަރަ އެވެ.