ދުނިޔެ

އެމެރިކާ މިނިވަން ދުވަހު ހެޔޮއެދުން ފޮނުވުމެއް ނޯންނާނެ: ރަޝިއާ

އެމެރިކާގެ މިނިވަން ދުވަހާ ދިމާކޮށް މި އަހަރު ޖުލައި ހަތަރުވަނަ ދުވަހު ރައީސް ޖޯ ބައިޑައަށް ތަހުނިޔާ އާއި ހެޔޮއެދުން ރައީސް ލަޑިމިއާ ލަޑިމިއާ ޕޫޓިން ނުފޮނުވާނެ ކަމަށް ރަޝިއާގެ ރިޔާސީ ގަނޑުވަރު ކްރެމްލިން އިން ބުނެފި އެވެ.

އިނގިރޭސި އަޅުވެތިކަމުން އެމެރިކާއަށް މިނިވަންކަން ލިބުނީ ޖުލައި 4، 1776 ގައެވެ. އެއަށްފަހު ކޮންމެ އަހަރެއްގެ ޖުލައި ހަތަރެއް އެމެރިކާ ފާހަގަކުރަނީ މިނިވަން ދުވަހުގެ ގޮތުގަ އެވެ.

އިނގިރޭސި ގޮށްމުށުން އެމެރިކާ ވަކިވީ ޓެކްސް ނެގުމުގައި އިންސާފެއް ނެތުމާއި އިނގިރޭސި ގާނޫނު ތަންފީޒް ކުރުމުގައި އެމެރިކާއަށް ބާރެއް ނެތުމުންނެވެ.

ރައީސް ޕޫޓިންގެ ތަރުޖަމާން ދިމިތުރީ ޕެސްކޯފް ނޫސްވެރިނަށް ވިދާޅުވި ގޮތުގައި އެމެރިކާ އަކީ ރަޝިއާއާ ރަށްޓެހި ގައުމެއް ނޫނެވެ.

ރަޝިއާއަށް ދަތިކުރަން ހަރުކަށި ފިޔަވަޅުތަކެއް އަޅައި އަދި ބައިވެރިން ލައްވައި ރަޝިއާއަށް ޖެއްސުންކުރުމަށް ލޯބިކުރާ ބަޔަކަށް ކިޔާނެ ތަހުނިޔާއެއް ނޯންނާނެ ކަމަށްވެސް ކްރެމްލިންގެ ތަރުޖަމާން ވިދާޅުވި އެވެ.

ޕެސްކޯފް ވިދާޅުވި ގޮތުގައި ރަޝިއާ ދެކެ އެހާ ރުޅި އަންނަ ބަޔަކަށް މިނިވަންކަން ލިބުމަކީ ރަޝިއާއިން ފާހަގަކުރާނެ ކަމެއް ނޫން ކަމަށެވެ. ރަޝިއާއިން ހެޔޮއެދުމެއް ނުފޮނުވި ނަމަވެސް އެމެރިކާ ހިތްފުރޭ ވަރަށް ގައުމުތަކުން ހެޔޮއެދުން ފޮނުވާނެ ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ.

ރަޝިއާ ސިފައިން ޔުކްރޭނަށް އަރައި ދެމުން ގެންދާ އުދުވާނީ ހަމަލާތައް ކުށްވެރި ކުރުމުގައި އެމެރިކާ އޮތީ ރަޝިއާއަށް ހިތުހުރި ގޮތެއް ހަދާ ގޮތަށެވެ.

ޔުކްރޭނަށް ބާރުގަދަ ހަތިޔާރާއި ދުރުރާސްތާ ހަތިޔާރު ފޮނުވައި ރަޝިއާ ބަލިކުރުމަކީ ކުރާހިތްވާ ކަމެއް ކަމަށް އެމެރިކާ އޮތީ ބުނެފަ އެވެ.

ކްރެމްލިންގެ ތަރުޖަމާން ފެސްކޯފް ވިދާޅުވި ގޮތުގައި އަދުގެ ހާލަތު އޮތް ގޮތުން އެމެރިކާއަށް ހެޔޮއެދުން ފޮނުވުމަކީ ފަސޭހަކަމެއް ނޫނެވެ. އަދި މިދަނޑިވަޅުގައި އެފަދަ ކަމެއް ކުރުމަކީ އެއްވެސް ބޭނުމެއް އޮތް ކަމެއް ވެސް ނޫނެވެ.