އެޓާނީ ޖެނެރަލް

ޖޫންގެ ނިޔަލަށް 428 މައްސަލައިގައި ގާނޫނީ ލަފާ ދީފި

Jul 5, 2022

ބަންޑާރަނައިބުގެ އޮފީހުން މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހު 428 މައްސަލާގައި ގާނޫނީ ލަފާ ދީފި އެވެ.

ގާނޫނީ ލަފާ ހޯދުމަށް މިދިޔަ އަހަރު އެކަނިވެސް 471 މައްސަލަ އެކި އިދާރާތަކުން ބަންޑާރަނައިބަށް ފޮނުވާފައިވެ އެވެ. އޭގެތެރެއިން 428 މައްސަލައިގައި އަމަލުކުރަންވީ ގޮތުގެ ލަފާ ދީފައިވެ އެވެ.

ބަންޑާރަނައިބް އޮފީހުން ބުނީ 2020 ވަނަ އަހަރު ނިމުނުއިރު ލަފާ ނުދެވިހުރި ކަންކަމާއި އެ އޮފީހުން އިސްނަގައިގެން އެކުލަވާލައި ފޮނުވި ގަވާއިދެއް ހިމެނޭގޮތުން، މުޅި ޖުމްލަ 983 މައްސަލައަކަށް މިދިޔަ އަހަރު ގާނޫނީ ލަފާ ދީފައިވާ ކަމަށެވެ.

ބަންޑާރަނައިބް އޮފީހުން މިދިޔަ އަހަރު އެންމެ ގިނައިން ލަފާ ދީފައިވަނީ ވަކި ކަމަކަށް ނިސްބަތް ނުވާ އެކި ކަހަލަ މައްސަލަތަކުގަ އެވެ. އެގޮތުން އެފަދަ 187 މައްސަލައެއްގައި ލަފާ ދީފައިވެ އެވެ.

ދެވަނަ އަށް އެންމެ ގިނައިން މިދޔަ އަހަރު ލަފާ ދީފައިވަނީ ބިލް ތަސްދީގު ކުރުމާ ގުޅޭގޮތުންނެވެ. އެއީ 122 މައްސަލައެއްގަ އެވެ.

ތިންވަނައަށް އެންމެ ގިނައިން ލަފާ ދީފައިވަނީ ގަވައިދުތަކާ ގުޅޭގޮތުންނެވެ. އެފަދަ މައްސަލަތަކުގައި 81 ލަފާ ދީފައިވެ އެވެ.

މީގެއިތުރުން އިތުރުން އުސޫލުތަކާ ގުޅޭގޮތުން 26 މައްސަލައަކާއި އެއްބަސްވުންތަކުގައި ސޮއި ކުރުމާ ގުޅޭގޮތުން ހަތް މައްސަލައަކާ އަދި މުއާހަދާތަކާ ގުޅޭގޮތުން ފަސް މައްސަލައެއްގައި ދެވުނު ލަފާ ވެސް ހިިމެނެ އެވެ.