އިސްލާމިކް ސްޓޭޓް

އައިއެސް އިން އިރާގުގެ އަވަށަކަށް ހަމަލާދީ 100 އަށްވުރެ ގިނަ މީހުން މަރާލައިފި

ހައްދު ފަހަނައަޅާފައިވާ އައިއެސް ޖަމާއަތުން އިރާގުގެ ހަދީތާ އަވަށަށް ދިން ވަރުގަދަ ހަމަލާތަކެއްގައި 100 އަށްވުރެ ގިނަ މީހުން މަރަލައިފި އެވެ.

އިރާގު ސިފައިންނާ އައިއެސް ހަނގުރާމަވެރިންނާއި ދެމެދު ފާއިތުވެދިޔަ ތިން ދުވަހު ބަދަލުކުރެވުނު ހަމަލާތަކުގައި އެތައް ބަޔަކު ވަނީ ޒަހަމްވެސް ވެފަ އެވެ.

އައިއެސްގެ ހަނގުރާމަވެރިން ހަދީތާ އަށް ހަމަލާދޭން ފަށާފައިވަނީ ރަމަދީ އިރާގު ސިފައިންގެ ބާރުގެ ދަށަށް ގެންދިޔަތާ ކުޑަ ދުވަސް ކޮޅެއްގެ ތެރޭގަ އެވެ. އެެއަވަށް އައިއެސްގެ ބާރުގެ ދަށަށް ގެންދިޔައީ 2014 ވަނަ އަހަރެވެ.

ހަބަރުތައް ބުނާ ގޮތުގައި އިރާގު ސިފައިންގެ ސެކިއުރިޓީ ޕޯސްޓަކަށް ދިން ހަމަލާތަކެއްގައި އިރާގު ސިފައިންގެ އެތައް ބަޔަކު މަރުވެ އަދި ގިނަ އަދަދެއްގެ މީހުންނަށްވަނީ ސީރިއަސް ޒަހަމް ތަކެއް ލިބިފަ އެވެ. މިހަމަލާތަކުގައި އައެސް ޖަމާއަތުގެ އެތައް ހަނގުރާމަވެރިންނެއް ވެސް މަރުވި އެވެ. އަދި އެޖަމާއަތުން ބޭނުންކުރާ 100 އަށްވުރެ ގިނަ ކާރު ހަލާކުވި އެވެ.