ދުނިޔެ

އިނގިރޭސި ހެލްތު މިނިސްޓަރާއި ފައިނޭންސް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

އިނގިރޭސި ހެލްތު މިނިސްޓަރު ސާޖިދު ޖާވިދު އާއި ފައިނޭންސް މިނިސްޓަރު ރިޝީ ސުނަކް އިސްތިއުފާ ދެއްވައިފި އެވެ.

ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ސަރުކާރުގައި ބާރާއި ނުފޫޒާއި ހައިސިއްޔަތުގެ ގޮތުން ވަރުގަދަ ދެ މިނިސްޓަރަކު އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް ވިދާޅުވީ ބޮޑުވަޒީރާ މެދު އޮތް ނުތަނަވަސް ކަމެވެ.

އިނގިރޭސިންނަށް ޚިދުމަތް ކުރެއްވުމަށް ސިއްހީ ވަޒީރުގެ މަގާމު ލިބިވަޑައިގަތުން ބޮޑު އުފަލެއް ގޮތުގައި ދެކެވަޑައި ގެންނަވި ކަމަށް ސާޖިދު ވިދާޅުވި އެވެ.

އިސްތިއުފާ ދެއްވަމުން އާންމު ކުރެއްވި ނޯޓުގައި އޮތް ގޮތުން މަގާމު ދޫކޮށްލައްވަނީ އެހެން ގޮތެއް ފެނިވަޑައި ނުގަތުމުންނެވެ.

ސާޖިދު އަދި ވިދާޅުވި ގޮތުގައި މަގާމުގައި ދެމިހުންނެވި ނަމަވެސް ހެޔޮ ބުއްދިއެއްގައި މަސައްކަތެއް ކުރެއްވޭނެ ކަމަށް ފެނިވަޑައި ނުގަންނަވާތީ އިސްތިއުފާ އިޚުތިޔާރު ކުރެއްވީ އެވެ.

ފައިނޭންސް މިނިސްޓަރު ރިޝީ ސުނަކް ވެސް ވަނީ އިސްތިއުފާ ދެއްވުމުގެ ކުރިން ކަންބޮޑުވުން ފާޅުކުރައްވައި އިނގިރޭސި މިނިސްޓަރެއްގެ މަގާމުގައި ދެން މަސައްކަތް ކުރެއްވުމާ މެދު ނަފުސަށް ވިސްނައި ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ރިޝީ ސުނަކް ވިދާޅުވި ގޮތުގައި ގާތީ ދުވަހަކު ވެސް ދެން ވަޒީރުކަމާ ހަވާލުވެ ވަޑައިނުގަތުމެވެ.

ޖާވިދު ވިދާޅުވި ގޮތުގައި ބޮރިސް ޖޯންސަންގެ ސަރުކާރުގެ ކިބާގައި އިނގިރޭސިވިލާތް ހިންގުމުގެ ގާބިލުކަން ނެތް ކަމަށް އާންމުން ގަބޫލުކުރެ އެވެ. އިނގިރޭސި ރައްޔިތުން އެދެނީ ސަރުކާރާ ދުރަށް ޖެހުމަށް ކަމަށް ވެސް ވިދާޅުވި އެވެ.

ރިޝީ ވިދާޅުވި ގޮތުގައި ފައިނޭންސް މިނިސްޓަރުގެ ހައިސިއްޔަތުން އިނގިރޭސިވިލާތުގެ ކުރިމަގު ބިނާކުރަން ކުރެއްވި މަަސައްކަތް ތަކަށް ބޮޑުވަޒީރު ހުރަސްއަޅުއްވަ އެވެ.

އަދި ފައިނޭންސް މިނިސްޓަރަކު ހުންނަވަނިކޮށް އޭނާގެ މައްޗަށް ބޮޑުވަޒީރު ބަސްވިދާޅުވެ މާލިއްޔަތު ބައްޓަންކުރަން ގޮތް ކިޔައިދެއްވުން ކަމުނުދާ ކަމަށް ވިދާޅުވި އެވެ.