ބީބީއެމް-ބެސްޓް ބައި މޯލްޑިވްސް

ބީބީއެމް އާއި އައިރެކްސް އިން އިތުރު ބޭކާސް ކްލާހެއް

Jul 6, 2022

ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ބީބީއެމް އާއި އައިރެކްސް ގުޅިގެން ބޭކަރީ ސާމާނު ފިހަން ދަސްކޮށްދޭ ކޯހެއް ހިންގަން ތައްޔާރު ވެއްޖެ އެވެ.

ބޭކިންގެ ގިނަ އުފެއްދުންތަކެއް ރާއްޖޭގައި ވިއްކާ ބެސްޓް ބައި މޯލްޑިވްސް (ބީބީއެމް) އިން މިމަހުގެ 20 އިން އަންނަ މަހުގެ 10 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ބޭކާސް ކޯހަކީ މި އަހަރު މިގޮތަށް ކޯހެއް ކުރިއަށް ގެންދާ ދެވަނަ ފަހަރެވެ. މީގެ ކުރިން ވެސް ބީބީއެމް އިން ވަނީ އައިރެކްސްގެ ތަޖުރިބާކާރު ޝެފް ސްޓީވަންއާއެކު މި ތަމްރީންތައް ކުރި އަށް ގެންގޮސްފަ އެވެ.

ޝެފް ސްޓީވަން އަކީ ޖަރުމަނުގެ ކުންފުނި އައިރެކްސްގެ ޓެކްނިކަލް އެޑްވައިޒަރެވެ. އައިރެކްސްއަކީ ބޭކިންގެ އުފެއްދުންތައް އުފައްދާ ޖަރުމަނުގެ ބޮޑު ކުންފުންޏެކެވެ.

ޖަރުމަނުގެ ކުލްމްބާކްގައި މައި އޮފީސް ހުންނަ އައިރެކްސްގެ ކަސްޓަމަރުންގެ ދުނިޔޭގެ 90 އަށްވުރެ ގިނަ ގައުމުގައި އުޅެ އެވެ. މިއީ ބޭކިން ކޮމިއުނިޓީއިން އިތުބާރު ލިބިފައިވާ އުފެއްދުންތަކެއް ތައްޔާރު ކުރާ ބްރޭންޑެކެވެ. މި އުފެއްދުންތައް ރާއްޖޭގައި އެ ކުންފުނިން ފޯރުކޮށްދޭތާ 10 އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. ޝެފުންގެ މެދުގައި އިތުބާރާއި ޔަގީންކަން ލިބިފައިވާ މި އުފެއްދުމުގެ ހާއްސަ ކަމަކީ މީގެ މީރު ރަހަ އާއި ފިހަމުންދާއިރު މީގެން ދުވާ މީރު ވަހެވެ. މި އުފެއްދުމުގައި ރޮށި އަދި ރޯލްސް އަށް ތައްޔާރުކުރާ މަތީ ފެންވަރުގެ ބޭކިން އިންގްރިޑިއެންޓްސް ހިމެނެ އެވެ.

އައިރެކްސްގެ ބޭކިން ކްލާސް ރާއްޖެ ގެނެސްދިން ބީބީއެމްއަކީ ރާއްޖޭގެ ފުޑް އިންޑަސްޓްރީގައި އެއް ލީޑިން ކުންފުންޏެކެވެ. މި ކުންފުނިން ރާއްޖޭގައި ދުނިޔެއަށް މަޝްހޫރު ގިނަ ބްރޭންޑުތައް ފޯރުކޮށްދެ އެވެ. އެ ބްރޭންޑުތަކުގެ ތެރޭގައި ޔުނިލިވާ އާއި ލަމްބް ވެސްޓަން އަދި ޓީޑަބްލިޔުޖީ އާއި ސެން ބެނެޑެޓޯ، ރަވީ ފްރޫޓް، ފޮންޓަނާ، އަރިޒްޓާ، ހާވީ ފްރެޝް ފަދަ ބްރޭންޑުތައް ހިމެނެ އެވެ. އަދި އެ ކުންފުނިން ދަނީ ރާއްޖޭގެ ޝެފް ކޮމިއުނިޓީއަށް ދުނިޔޭގެ ފުޑް އިންޑަސްޓްރީގެ ނޮލެޖު ފޯރުކޮށްދެމުންނެވެ.