ވިޔަފާރި

ބީބީއެމް އިން މާލޭގައި ފިހާރައެއް ހުޅުވައިފި

Mar 25, 2019

ޔޫރަޕުގެ ގިނަ އުފެއްދުންތަކެއް ވިއްކާ ބެސްޓް ބައި މޯލްޑިވްސް (ބީބީއެމް) އިން މާލޭގައި އާ ފިހާރައެއް ހުޅުވައިފި އެވެ.

އޯކިޑް މަގު، ސީގަލް ކެފޭ ކައިރީގައި ހުޅުވި މި ފިހާރާގައި އެ ކުންފުނިން ވިއްކާ ގިނަ އުފެއްދުންތައް ފަސޭހަކަމާއެކު ލިބެން ހުރެއެވެ.

ބީބީއެމްގެ ސީނިއަ އޮފިޝަލަކު ވިދާޅުވީ ސްމާޓް ސިލެކްޓް ބައި ބީބީއެމް ފިހާރަ ހުޅުވުމުގެ މަގުސަދަކީ ޔޫރަޕުގެ އުފެއްދުންތައް ފަސޭހަކަމާއެކު އާއްމުންނާ ހަމައަށް ފޯރުކޮށްދިނުން ކަމަށެވެ.

"މި ފިހާރަ އިން އަޅުގަނޑުމެން ވިއްކާ ގިނަ ބާވަތްތައް ފަސޭހަކަމާއެކު ލިބެން ހުންނާނެ. މި ފިހާރައިގެ ސަބަބުން ކަސްޓަމަރުންނަށް ތަކެތި ހޯދަން ފަސޭހަ ވެގެންދާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ބީބީއެމް އިން މިދިޔަ މަހުގެ ތެރޭގައި ވަނީ ހުޅުމާލޭގައި ވެސް ފިހާރައެއް ހުޅުވާފަ އެވެ.

އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި ޑިރެކްޓަރު، މުހައްމަދު މަޒްލޫމް ވިދާޅުވެފައިވާ ގޮތުގައި މި ފިހާރަތަކުގެ ސަބަބުން ކޮލިޓީ އުފެއްދުންތައް ފަސޭހައިން ލިބުމުގެ މަގު ފަހިވެގެން ދާނެ އެވެ.

ބީބީއެމްއަކީ ދުނިޔޭގެ އެންމެ ގިނަ ޕްރޮޑަކްޓްތައް އުފައްދާ ކުންފުނި ޔުނިލިވާގެ ގިނަ އުފެއްދުންތަކެއް ރާއްޖޭގައި ވިއްކާ ކުންފުންޏެވެ. އަދި މިތަކެތި ލޯކަލް މާކެޓާއި ރިސޯޓު މާކެޓުގައި މި އުފެއްދުންތަކަށް ވަނީ ބޮޑު އިތުބާރެއް އުފެދިފަ އެވެ.