ބެސްޓް ބައި މޯލްޑިވްސް އިން ޑާވިންޗީ ގޯމޭ އުފެއްދުންތައް، ރާއްޖެ އަށް ތައާރަފްކޮށް މުޅިންއާ ރަހަތަކެއް ދިވެހިންނާ ހަމައަށް ގެނެސްދީފި އެވެ.
ޔޫރަޕުގެ ފެންވަރު ރަނގަޅު އުފެއްދުންތައް ރާއްޖެ ގެނެސް ވިއްކާ، ބީބީއެމް އިން މިފަހަރު ތައާރަފްކުރީ އަޔަލޭންޑުގެ ކެރީ ގްރޫޕުން އުފައްދާ، ޑާވިންޗީ ގޯމޭގެ ސިރަޕެވެ. ސިރަޕް ބޭނުން ކުރަނީ، ތަފާތު މޮކްޓެއިލްތައް ތައްޔާރު ކުރުމަށެވެ. މި އުފެއްދުންތައް ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފައިވަނީ ނިމިގެން ދިޔަ ހޮޓެލް އޭޝިއާ ފެއާގަ އެވެ.
ޑާވިންޗީ ގޯމޭގެ ސައުތުވެސްޓް އޭޝިޔާގެ ހޮރެކާ ހެޑް، ސޯމެޝް ކުމާރު ވިދާޅުވީ އެ ކުންފުނިން ބަލަނީ އެންމެ ފެންވަރު ރަނގަޅު ހައި ކޮލިޓީ ބެވަރޭޖަސް ސޮލިއުޝަންތައް ރާއްޖޭގެ ބާޒާރަށް ނެރުމަށް ކަމަށެވެ. އަދި މި އުފެއްދުންތައް ރާއްޖޭގެ ބާޒާރަށް ނެރުނީ ވަރަށް ފުރިހަމަ އަށް އެކަމަށް ތައްޔާރު ވެގެން ކަމަށެވެ. އަދި ބީބީއެމްގެ އެހީތެރިކަމާ އެކު މި އުފެއްދުންތައް ރާއްޖޭގެ އެންމެ މަތީ ފެންވަރުގެ ރިސޯޓްތަކަށް ސަޕްލައިކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
ޑާވިންޗީ ގޯމޭޓްގެ މި އުފެއްދުންތައް ބޭނުންކޮށްގެން ރަހަމީރު އެކި ބުޔުންތައް ތައްޔާރުކޮށްލެވެ އެވެ. މިއީ ބަރިސްތާއިންނާއި މިސްކްއޮލިޖިސްޓުންގެ މަގުބޫލު ސޮލިއުޝަން އެކެވެ. ޑާވިންޗީގެ މި އުފެއްދުން ބޭނުންކޮށްގެން ހިތް ދަމައިގަންނާނެ މީރު ރަހަތައް ނެރެލަން އެހާމެ ފަސޭހަ ކަމަށް މި ހުނަރުވެރިން ބުނެ އެވެ.
ބީބީއެމްގެ އެންމެ ބޮޑު އުއްމީދަކީ ރާއްޖޭގެ ބާޒާރަށް މި އުފެއްދުންތައް ނެރެ، ރިސޯޓްތަކާއި، ރެސްޓޯރެންޓް، ކެފޭ އަދި އާންމުންނާ ހަމައަށް ގެނެސްދިނުމެވެ. މިއީ ދުނިޔޭގެ 60 އަށްވުރެ ގިނަ ގައުމުގައި މަގުބޫލްކަން ހޯދާފައިވާ އުފެއްދުމެކެވެ.
ބީބީއެމްގެ ސީއީއޯ އަދި ޑިރެކްޓަރު މުހައްމަދު މަޒްލޫމް ވިދާޅުވީ ޑާވިންޗީގެ ޕްރިމިއަމް މި ބްރޭންޑް ރާއްޖެއަށް ތައާރަފު ކުރުމަކީ ލިބިގެންދާ އުފަލެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ ބެވަރޭޖް އިންޑަސްޓްރީއަށް އިންގިލާބެއް ގެންނާނެ އުފެެއްދުމަށް ކަމަށް ވެސް އެ ކުންފުނިން ގަބޫލުކުރެ އެވެ.
"މި [ޑާވިންޗީ ގޯމޭ] ގެ އުފެއްދުން ވެގެންދާނީ ރާއްޖޭގެ ބެވަރޭޖް ސިނާއަތަށް އިންގިލާބެއް ގެންނާނެ އުފެއްދުމަކަށް،" މަޒްލޫމް ވިދާޅުވި އެވެ.
ބީބީއެމްއިން ވަނީ ޑާވިންޗީ ގޯމޭއާ ގުޅިގެން ބެވަރޭޖް އުފެއްދުމުގެ ދާއިރާގައި މަސައްކަތް ކުރާ ދިވެހިންނަށް ފުރުސަތުތައް ހުޅުވާލަދޭން ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. މީގެ އިތުރުން ނިމިގެން ދިޔަ ހޮޓެލް އޭޝިއާ ފެއާގައި މި އުފެއްދުން ވަނީ އެ ކުންފުނިން ދައްކާލައިފަ އެވެ.
ބީބީއެމްއަކީ ރާއްޖެއަށް އެންމެ ފުޅާދާއިރާއެއްގައި ކޮލިޓީ އުފެއްދުންތައް ގެނެސް ވިއްކަމުން އަންނަ ކުންފުންޏެކެވެ. އަދި އެ ކުންފުނިން ގެންނަ ޕްރޮޑަކްޓްތަކަށް އިންޑަސްޓްރީގެ މީހުން ތަމްރީންކޮށް ހޭލުންތެރި ކުރުވަން ގިނަ މަސައްކަތްތަކެއް އެ ކުންފުނިން ކުރެ އެވެ.