ވިޔަފާރި

ކްނޯރުގެ މާސްޓާ އޮފް ސީޒަނިން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

Aug 1, 2018

ބެސްޓް ބައި މޯލްޑިވްސް (ބީބީއެމް) އިން އެތެރެކޮށް ވިއްކާ ކްނޯރު ބްރޭންޑުން ސްޕޮންސާ ކޮށްގެން ބާއްވާ "ކްނޯރު މާސްޓާ އޮފް ސީޒަނިން" ގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

ދުނިޔޭގެ އެންމެ ގިނަ އުފެއްދުންތައް ތައްޔާރުކުރާ، ޔުނިލިވާގެ ކްނޯރު ޕްރޮޑަކްޓު ބޭނުންކޮށްގެން ކާތަކެތި ތައްޔާރު ކުރާ ގޮތަށް ކުރިއަށް ގެންދާ މި މުބާރާތުގައި މިދިޔަ އަހަރު ވެސް ރާއްޖޭން ބައިވެރިވެފައިވެ އެވެ. މިދިޔަ އަހަރު ރާއްޖޭން ބައިވެރި ޝެފުންގެ ތެރޭގައި މަޝްހޫރު ދިވެހި ޝެފް އަހުމަދު ފަތީން ވެސް ބައިވެރިވި އެވެ.

ކްނޯރު މާސްޓާ އޮފް ސީޒަނިންގައި ބައިވެރިވާ ފަރާތްތަކުން ކާތަކެތި އުފައްދަން ޖެހޭނީ ކްނޯރު ބްރޭންޑުގެ ޗިކަން ސީޒަނިން ޕައުޑާ ނޫނީ ކޯޓިން މިކްސް ބޭނުން ކޮށްގެންނެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 16 ވަނަ ދުވަހާ ހަމަ އަށް ވަނީ ހުޅުވާލާފަ އެވެ. އަދި މި މުބާރާތުގައި ބައިވެރިވާ މީހުންގެ ތެރެއިން ހަ މީހުންގެ މެދުގައި "ބްލެކް ބޮކްސް ކަލިނަރީ ޗެލެންޖު"ގެ ނަމުގައި ހާއްސަ ބުރެއް މާލޭގައި ކުރިއަށްދާނެ އެވެ. އަދި މުބާރާތުން އެއްވަނައަށް ދާ ފަރާތަކަށް މެލޭޝިއާ ޓުއާ އެއް ލިބޭނެ އެވެ.

މި މުބާރާތުގައި ރާއްޖޭގެ ޝެފުން އަންނަނީ ކާމިޔާބު ތަކެއް ވެސް ހޯދަމުން އެވެ. މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އޮންލައިން ފޯމެއް ފުރިހަމަކުރުމަށް ފަހު، މުބާރާތުގައި ތައްޔާރު ކުރާ ޑިޝްގެ ރެސިޕީ އާއި އޭގެ ފޮޓޯއެއް އެޓޭޗްކުރަން ޖެހެ އެވެ.