ވިޔަފާރި

ގަރާޖުތަކުގެ މުވައްޒަފުން ޑެބިއާ ރެފިނިޝްއަށް ހޭލުންތެރި ކުރުވައިފި

ގަރާޖްގަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ބެސްޓް ބައި މޯލްޑިވްސް އާއި ކޯޒްވޭ ޕެއިންްޓް ގުޅިގެން، ޑެބިއާ ރެފިނިޝް ކުލައިގެ އުފެއްދުންތަކަށް އަހުލުވެރި ކުރުމުގެ ވޯކްޝޮޕެއް މިއަދު ބާއްވައިފި އެވެ. ޑެބިއާ ރެފިނިޝްއަކީ، ކާރުގައި ލުމަށް ހާއްސަ ކޮށް އުފައްދާ ކުލަ އެކެވެ.

އެއް ދުވަހުގެ މުއްދަތައް މިއަދު ކުރިއަށް ގެންދިޔަ ވޯކްޝޮޕް އޮތީ މާބުލް ހޮޓެލްގަ އެވެ. މި ވޯކްޝޮަޕްގައި ގާތްގަނޑަކަށް 80 ފަރާތުން ބައިވެރިވެފައިވެ އެވެ.

ވޯކްޝޮޕާ ގުޅޭގޮތުން ކޯޒްވޭން ބުނީ، މި ވޯކްޝޮޕަކީ ގަރާޖްތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް އަމާޒުކޮށް ޓެކްނިކަލް ސާވިސްއާ ގުޅޭގޮތުން ކުރިއަށް ގެންދިޔަ ވޯކްޝޮޕެއް ކަމަށެވެ. އަދި ވޯކްޝޮޕްގައި ވަރަށް ގިނަ މައުލޫމާތު ތަކެއްވެސް ހިއްސާ ކުރެވިގެން ގޮސްފައިވާ ކަމަށްވެސް ކޯޒްވޭއިން ބުންޏެވެ.

ކޯޒްވޭއިން ބުނީ، ހެނދުނު ކުރިއަށް ގެންދިޔައީ ތިއޭޓްރިކަލް ސެޝަނެއް ކަމަށާއި މެންދުރުފަހު ކުރިއަށް ގެންދިޔައީ ޕްރެކްޓިކަލް ކަމަށެވެ. އެގޮތުން ގަރާޖްތަކަށް ގެންގޮސް ޕެއިންޓް ކުރުމާއި އެހެނިހެން ޓެކްނިކަލް ކަންކަން ކުރިއަށް ގެންގޮސްފައިވާ ކަމަށްވެސް
އެތަނުން ބުންޏެވެ.

ކޯޒްވޭއިން ބުނީ، ކުރިއަށް އޮތް ތަނުގައިވެސް މިކަހަލަ ވޯކްޝޮޕްތައް މިއަށްވުރެ ފުޅާކޮށް ބޭއްވުމަށް ވިސްނުން އެބަހުރި ކަމަށެވެ. އަދި މާލެ ފިޔަވާ އައްޑޫ ސިޓީގައި ވެސް ބޭއްވުމަށް ހަމަ ޖެހިހިފައިވާ ކަމަށެވެ.

ވޯކްޝޮޕްގައި ކިޔަވައި ދިނުމަށް މެލޭޝިޔާގެ ބޭފުޅަކުވެސް ވަނީ ބައިވެރިވެފަ އެވެ. އަދި މީގެ އިތުރުން ކޯޒްވޭގެ ބައެއް ފަރާތްތަކުންވެސް ވަނީ ކިޔަވާދީފަ އެވެ.