ވިޔަފާރި

ރީތިކޮށް ސާފުކޮށްލަން ހޯދަންވީ ޔުނިލިވާގެ އުފެއްދުންތައް

ދުނިޔޭގެ އެންމެ ގިނަ އުފެއްދުންތައް ބާޒަރަށް ނެރޭ ކުންފުނި ޔުނިލީވާއަކީ އަންނައުނާއި، ތެލި ތަށި ދޮވުމަށާއި ގޭތެރެއާއި އޮފީސްފަދަ ތަންތަން ސާފުކުރުމަށާއި އަދި އާންމުންގެ ސާފުތާހިރުކަމަށް ބޭނުންވާ ގިނަ ބްރޭންޑުތަކުގެ މޮޅެތި އުފެއްދުންތައް ބާޒާރަށް ނެރެމުން އަންނަ ކުންފުންޏެކެވެ.

އެގޮތުން މި ކުންފުނިން ބާޒާރަށް ނެރޭ ތަފާތު ބްރޭންޑުތަކުގެ އުފެއްދުންތައް ހިމެނޭ "ޔުނިލިވާ ޕްރޮފެޝަނަލް" އަކީ އޮފީސްތަކާއި ތަފާތު އެކި މަސައްކަތު މާހައުލުތައް ސާފުތާހިރުކަމާ އެކު ރީތިކޮށް ބެހެއްޓުމަށް އެންމެ އެކަށޭނެ އުފެއްދުންތަކެވެ. އޮފީސްތަކުގެ އިތުރުން، ރެސްޓޯރެންޓުތަކާއި ހޮޓާ، ސުކޫލް އަދި ހޮސްޕިޓަލްތައް ފަދަ ސާފުތާހިރުކަން ކޮންމެހެން މުހިންމު ތަންތަނަށް ބޭނުންވާ އުފެއްދުންތައް މީގެ ތެރޭގައި ހިމެނެ އެވެ.

ހާއްސަ ގޮތެއްގައި، ޖަރާސީމު އެންމެ އާންމު ބިންމައްޗާއި، އެންމެ އަވަހަށް ހަޑިވާ ބިއްލޫރި ސާފުކުރަން ބޭނުންކުރާނެ އުފެއްދުންތަކާއި އަންހެންވެރިން އަވަދިނެތި އުޅެންޖެހޭ ބަދިގޭގެ އެކި ތަންތަން ސާފުކުރާނެ އުފެއްދުންތަކާއި އުނަގަނޑަށް ތަދުއަރާވަރަށް އުގުޅަންނުޖެހޭ ފާހާނާ ސާފުކުރާނެ އުފެއްދުންތަކާއި އަތް ދޮވުމަށާއި ފެންވެރުމަށް ބޭނުންވާ ތަފާތު އުފެއްދުންތައްވެސް ހިމެނެ އެވެ. މި އުފެއްދުންތަކަކީ މަޝްހޫރު ބްރޭންޑުތައް ކަމަށްވާ ސިފް، ސަންލައިޓް، ޑޯމެކްސް، ބްރީޒް، ކޮމްފޯޓް، ލައިފްބޯއީ އަދި ލަކްސްގެ އުފެއްދުންތަކެވެ.

ސިފް: ހަޑިވެފައިވާ ތަންތަން ސާފުކޮށްލަން އެންމެ ފައްކާ

ސިފް ބްރޭންޑުގެ އުފެއްދުންތަކަކީ ގޭތެރެއާއި ބަދިގެފަދަ ތަންތަން ސާފުކުރުމަށް ހާއްސަ އުފެއްދުންތަކެކެވެ. މިކަމަށް އެންމެ އެކަށޭނެ އެންމެ ފަސޭހަ ވާނީ މި ބްރޭންޑުގެ ޕްރޮޑަކްޓުތަކެވެ. ބަދިގޭގެ ސިންކުގައި ޖަހާފައިހުރި ދަމިލަތަކާއި ކައްކާ ވަގުތު ފާރަށް ބުރާފައި ހުންނަ ތެލާއި މުށީގެ ދޭތެރެތަކުގައި ކަޅުވެފައި ހުންނަ ތަންތަނާއި ފަންކާގައި ހުންނަ ހަޑިއާއި ލޯގަނޑާއި އަދި ބިއްލޫރި ސާފުކުރުމަށް ހާއްސަ އުފެއްދުންތައް މި ބްރޭންޑުގައި ހުންނާނެ އެވެ.

ގޭގޭގެ އިތުރުން އޮފީހާއި ސުކޫލްތަކާއި އެނޫން ތަންތަންވެސް ސާފުކުރުމަށް މި ބްރޭންޑުގެ ޕްރޮޑަކްޓުތައް ބޭނުންކުރެވޭނެ އެވެ. މި ބްރޭންޑުގެ ކޮންމެ ޕްރޮޑަކްޓެއް ބޭނުންކޮށްގެން ސާފުކުރުމުގެ މަސައްކަތް ނުހަނު ފަސޭހަވެގެންދެ އެވެ. ތަންތަން ސާފުކުރުށް ދުނިޔޭގެ އެކި ހިސާބުތަކުގައި ބޭނުންކުރާ އެންމެ މަގުބޫލު މި ބްރޭންޑަކީ 50 އަށްވުރެ ގިނަ ގައުމުގެ މީހުން ބޭނުންކުރާ ބްރޭންޑެކެވެ. މި ބްރޭންޑުގެ ޕްރޮޑަކްޓުތަކަކީ 100 ފަސެންޓު ސްޓްރީކް ފްރީ ޕްރޮކްޓުތަކެކެވެ.

ސަންލައިޓް: ތެލިތަށި ދޮވެލަން މީ މަރެއް

އިތުރު ތައާރަފެއް ބޭނުންނުވާ ސަންލައިޓްއަކީ ގޭގެ ތަންތަން ސާފުކުރުމަށް ދުނިޔޭގައި އެންމެ ފުރަތަމަ އުފެއްދި ސައިބޯންޏެވެ. މި ސައިބޯނި ބޭނުންކޮށްގެން ގޭގެ ތަންތަނުގެ އިތުރުން އަންނައުނުވެސް ދޮވެލެވި އެވެ. މި ބްރޭންޑުގެ ދިޔާ ސައިބޯންޏަކީ ބަދިގޭގައި ބޭނުންކުރާ ތެލި ތަށި ދޮވުމަށް އެންމެ އެކަަށޭނެ ޕްރޮޑަކްޓެވެ. ތެލި ތަށީގައި ހުންނަ ދެލިގަނޑާއި ތެލާއި އެއްޗެހި ފަސޭހައިން ދުއްވާލާއި އާރޯކަން ގެންނަށް މި ބްރޭންޑް ބޭނުންކުރެވޭނެ އެވެ.

ޑޯމެކްސް: އުނދަގުލަކާ ނުލާ ފާހާނާ ސާފުކޮށްލާ

މި ބްރޭންޑަކީ ފާހާނާ ތަށި ދޮވުމަށް ހާއްސަކޮށްފައިވާ ޕްރޮޑަކްޓެކެވެ. ފާހާނާ ތަށީގައި ހުންނަ ހަޑިތައް ދުއްވާލާއި ތަށި ހުދުކޮށް ރީތިކޮށް ބެހެއްޓުމަށް މޮޅު ޕްރޮޓަކްޓެކެވެ. ފާހާނާ ތަށީގައި ހުންނަ ނުރައްކާތެރި ޖާރާސީމުތައްވެސް މީގެން ނައްތާލާ ދޭނެ އެވެ.

ކޮމްފަޓް: އަންނައުނަށް ސާފުކަމާއި މީރުވަސް

މިއީ އަންނައުނު ދޮވުމަށް ހާއްސަ ޕްރޮޑަކްޓެކެވެ. ތަފާތު އެކި ވައްތަރުތައް ހިމެނޭ މި ބްރޭންޑުގެ ފެބްރިކް ކޮންޑިޝަނާއަކީ މީރު ވަސްދުވާ އަދި އަންނައުނުގައި ހުންނަ ހަޑިއާއި ޖަރާސީމުތައް ފަސޭހައިން ނައްތާލަދޭ ޕްރޮޑަކްޓެކެވެ. ކޮންމެ ވައްތަރެއްގެ އަންނައުނެއްވެސް މި އުފެއްދުން ބޭނުންކޮށްގެން ދޮވެވޭނެ އެވެ.