ވިޔަފާރި

ބީބީއެމް: ހޮޓެލް އޭޝިއާގެ އެންމެ އަލިގަދަ އެއް ނަން

Aug 26, 2018

"ހޮޓެލް އޭޝިއާ" މިނަން އަންނަ ނަމަ ނަމުގެ އަރިމަތީގައިނަމަވެސް، ބެސްޓް ބައި މޯލްޑިވްސް (ބީބީއެމް) އިންނާނެ އެވެ. އެހެންވެ، މިހާރު މި ފެއާގެ މަގުބޫލުކަން މަތިވުމުގައި ވެސް އެންމެ ހާއްސަ އެއް ކަމެއް ކަމަށްވަނީ ބީބީއެމް ފެއާގައި އޮތުމެވެ. މި ކުންފުންޏަކީ ހޮޓެލް އޭޝިއާގެ މެއިން ސްޕޮންސާ އެވެ. މިއާއެކު، ބީބީއެމް ވެފައިވަނީ މިފެއާގެ ދިރުމަ ށޭ ބުނެވިދާނެ އެވެ.

ބީބީއެމްއަކީ ހޮޓެލް އޭޝިއާގެ ދިރުމަށް ވަނީ ކީއްވެގެން ހެއްޔެވެ؟ ސުވާލަކަށް ވެދާނެ އެވެ. ދެހާސްވަނަ އަހަރުން ފެށިގެން ބާއްވަމުން ގެންދާ މި ފެއާ އިންތިޒާމު ކުރަނީ މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސަސް (މެކްސް) އިންނެވެ. މި ފެއާގެ ތެރޭގައިި ބާއްވާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު ވެގެންދަނީ ފެއާގެ އެންމެ މުހިންމު ބަޔަކަށެވެ. މިބައިގައި ބޭނުންކުރާ ޕްރޮޑަކްޓްތަކުގެ ބޮޑު ޕަސެންޓަކީ ބީބީއެމްގެ ޕްރޮޑަކްޓްތަކެވެ. މީގެ އިތުރުން އެ ކުންފުނިން ދަނީ މި ފެއާގެ އެންމެ މުހިންމު ވަނަތައް ފާހަގަ ކޮށް އަގުހުރި އިނާމު ތަކެއް ވެސް ދެމުންނެވެ.

މި ފެއާގެ ތެރޭގައިި ބާއްވާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު ވެގެންދަނީ ފެއާގެ އެންމެ މުހިންމު ބަޔަކަށެވެ. މިބައިގައި ބޭނުންކުރާ ޕްރޮޑަކްޓްތަކުގެ ބޮޑު ޕަސެންޓަކީ ބީބީއެމްގެ ޕްރޮޑަކްޓްތަކެވެ. މީގެ އިތުރުން އެ ކުންފުނިން ދަނީ މި ފެއާގެ އެންމެ މުހިންމު ވަނަތައް ފާހަގަ ކޮށް އަގުހުރި އިނާމު ތަކެއް ވެސް ދެމުންނެވެ.

ކުންފުނިތަކަށް ގިނަ އެހީތަކެއް

ހޮޓެލް އޭޝިއާގެ- ކަލިނަރީ ޗެލެންޖުން އެންމެ ފާހަގަ ކުރެވޭ ތަރިން ހޮވައި، އެ މީހުންނަށް ތަމްރީންވުމުގެ އަގު ހުރި ގިނަ ފުރުސަތުތަކެއް ދެމުން ގެންދެ އެވެ. މިގޮތުން މިދިޔަ އަހަރުވެސް ބޭރުގެ ގައުމުތަކުގައި ބޭއްވި މިފަދަ ބޮޑެތި މުބާރާތްތަކުގައި ދިވެހިން ބައިވެރިކޮށްފައިވެ އެވެ. އެ ކުންފުނީގެ މި މަސައްކަތުން ވިދާލި އެއް ތަރިއަކީ މިހާރު ސެލެބްރިޓީ ޝެފެއްގެ ގޮތުގައި ރާއްޖޭގައި މަޝްހޫރު އަހުމަދު ފަތީން ހިމެނެ އެވެ. އަދި އައިމިނަތު ޝާނީ ފަދަ ދިވެހި ދަރިންނަށް ކަލިނަރީ ދާއިރާގެ އެންމެ މަތީ ފަންތީގައި މަސައްކަތް ކޮށްލަން ވަނީ ފުރުސަތު ދީފަ އެވެ.

ދިވެހި ޝެފުން ނެރެދިން

އެ ކުންފުނީގެ މި މަސައްކަތުން ވިދާލި އެއް ތަރިއަކީ މިހާރު ސެލެބްރިޓީ ޝެފެއްގެ ގޮތުގައި ރާއްޖޭގައި މަޝްހޫރު އަހުމަދު ފަތީން ހިމެނެ އެވެ. އަދި އައިމިނަތު ޝާނީ ފަދަ ދިވެހި ދަރިންނަށް ކަލިނަރީ ދާއިރާގެ އެންމެ މަތީ ފަންތީގައި މަސައްކަތް ކޮށްލަން ވަނީ ފުރުސަތު ދީފަ އެވެ.

މި ހުރިހާ ކަމަކާއެކު އަންނަ މަހުގެ 9-12 އަށް ދަރުބާރުގައި ބާއްވާ މި ފެއާގައިވެސް ބީބީއެމް ފެންނާނެ އެވެ. އެހެންވެ މި ކުންފުނިވެފައިވަނީ ހޮޓެލް އޭޝިއާގެ އެންމެ އަލިގަދަ ނަމަށެވެ.