އީދު ނަމާދު

އީދު ނަމާދު މިފަހަރުވެސް ބޮޑު ޖަމާއަތުގައި

އަލްހާ އީދު ނަމާދު ކުރުންވެސް ބޮޑު ޖަމާއަތުގައި ކުރިއަތުގައި ކުރިއަށް ގެންދަން އިސްލާމިކް މިނިސްޓްރީން މިއަދު ނިންމައިފި އެވެ.

އެ މިނިސްޓްރީން ބުނީ ގްރޭޓާ މާލެ ސަރަހައްދުގައި މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ބޮޑު ޖަމާއަތުގައި އަލްހާ އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަަށެވެ.

ބޮޑުޖަމާއަތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މާލެ މާފަންނު ސްޓޭޑިއަމް އާއި ހުޅުމާލެ ސްޓޭޑިއަމް (ސިންތެޓިކް ޓްރެކް) އަދި ވިލިމާލެ ބޯޅަދަނޑު ގައެވެ.

އީދު ނަމާދަށް ދާއިރު ކޮންމެ މީހަކުވެސް ގެއިން ވުލޫކޮށްގެން އައުމާއި އަމިއްލަ މުސައްލައެއް ގެނައުމާއި އަމިއްލަ ފެންފުޅިއެއް ގެނައުމަށާއި ފައިވާންލާނެ ކުޑަ ދަބަހެއް ނުވަތަ ކޮތަޅެއް ގެނައުމަަށްވެސް މިނިސްޓްރީން ވަނީ އެދިފައެވެ.

އެ މިނިސްޓްރީން ބުނީ ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުމަށް ނިންމި ނަމަވެސް މޫސުން ތަންނުދޭނަމަ އީދު ނަމާދު ކުރުން އޮންނާނީ މިސްކިތްތަކުގައި ކަމަަށެވެ. މެޓަ އޮފީހުން ވަނީ އީދުގެ ދެ ދުވަހު މޫސުން ގޯސް ވާނެ ކަމަަށް ލަފާ ކޮށްފައެވެ.