ޑރ. މުހައްމަދު ޖަމީލް އަހުމަދު

ރައްޔިތުންގެ ޖީބަށް އަތްބޭނުން ހުއްޓާލަން ޖެހޭ: ޖަމީލް

ކުރީގެ ނާއިބު ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އިސް އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު -- އަވަސް ފޮޓޯ
0%
0%
0%

މިއީ އެއްވެސް ބާވަތެއްގެ ޓެކްސް އެއް އިތުރު ކުރަން ޖެހޭ ވަގުތެއް ނޫން ކަމަށް ވިދާޅުވެ އިގްތިސާދު މެނޭޖްކުރަން ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކާ މެދު ކުރީގެ ނާއިބު ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އިސް އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި ޖީއެސްޓީއާ ޓީޖީއެސްޓީ ބޮޑުކުރަން މަޝްވަރާތައް ފަށާފައިވާ ކަމަށް ވާހަކަ ދެކެވޭތާ ދެތީން ދުވަސް ވެއްޖެ އެވެ. ސަރުކާރުން އެކަން އިއްޔެ ވަނީ ޔަގީން ކޮށްދީފައެވެ. ރައީސް އޮފީހުގައި އިއްޔެ އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ގޮތުގައި ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތަ އަށް ބޮޑު ކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތަ އަށް ބޮޑު ކުރުމަށްވެސް ވަނީ ނިންމާފައެވެ.

އަދި ރައްޔިތުންގެ މަޖިލީސް ހުޅުވެންވާއިރަށް އެ އިސްލާހުތައް ގާނޫނަށް ގެންނަން ހުށައަޅުއްވާނެ ކަމަށް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އުންމީދަކީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ގާނޫނަށް އެ ބަދަލުތައް ގެނައުމެވެ.

ޖީއެސްޓީ ބޮޑުކުރަން ނިންމައިފިނަމަ މުދަލާއި ހިދުމަތްތަކުގެ އަގު އަނެއްކާވެސް އުފުލިގެން ދާނެ އެވެ.

އެކަމަށް އިޝާރާތް ކުރައްވާ ރައީސް މައުމޫނާއި ރައީސް ނަޝީދު އަދި ރައީސް ވަހީދުގެ ސަރުކާރުގައިވެސް މިނިސްޓަރުކަން ކުރައްވާފައިވާ ޑރ. ޖަމީލް ވިދާޅުވީ މިއީ އެއްވެސް ބާވަތެއްގެ ޓެކްސް އެއް އިތުރު ކުރަން ޖެހޭ ވަގުތެއް ނޫން ކަމަށެވެ. އަދި މި ސަރުކާރުން ބޮޑެތި އަދަދުން ދަރަނި ނަގާފައިވާއިރު ކުރީ އިސްރާފު ކަމަށް ވިދާޅުވިއެވެ.

ޖަމީލް ވަނީ ޓެކްސް ބޮޑުކުރަން ހިފިއިރު ހަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުން އެޅި ފިޔަވަޅަކީ ކޮބައިތޯ ސުވާލު ކުރައްވާފައެވެ. އަދި ވިދާޅުވީ ރައްޔިތުންގެ ޖީބަށް އަތް ބޭނުން ހުއްޓާލަން ޖެހޭ ކަމަށެވެ.

"ކުޑަކުރި ހަރަދެއް އެބަ އޮތް؟ މިހާރު ތި ތިބީ ދަރަނި ދަންތުރައެއްގައި ނޫންތަ؟ އިތުރަށް އޮޅުވާނުލައި ރައްޔިތުންގެ ޖީބަށް އަތްބޭނުން ހުއްޓާލާ. ބާސާ ކަނޑަން ތިއްބާ އިނދެޖެހުނީ،" ޖަމީލްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910