އައިޖީއެމްއެޗް

އީދު ޗުއްޓީގައި ބައެއް ހިދުމަތްތައް ނުލިބޭނެ

އަލްހާ އީދު ދުވަހާއި އީދާއި ގުޅިގެން ލިބޭ ބަންދު ދުވަސްތަކުގައި ސަރުކާރު ހޮސްޕިޓަލް --- އިންދިރާގާންދީ މެމެރިއަލް ހޮސްޕިޓަލް -- އިން ދޭ ބައެއް ހިދުމަތްތައް މެދުކަނޑާލުމަށް ނިންމައިފި އެވެ.

އެ ހޮސްޕިޓަލުން މިރޭ ބުނީ ޖުލައި ނުވަވަނަ ދުވަހާއި 10 ވަނަ ދުވަސް އަދި 12 ވަަނަ ދުވަހާއި 13 ވަނަ ދުވަހު ސްޕެޝަލިސްޓް އޯޕީޑީ އަދި އެހެނިހެން ކްލިނިކަލް ހިދުމަތްތައް (އައިޕީޑީ އަދި އިމާޖަންސީ ހިދުމަތް ފިޔަވައި) މެދުކަނޑާލާނެ ކަމަށެވެ. ނަމަވެސް ޖުލައި 11 ވަނަ ދުވަހާއި 14 ވަނަ ދުވަހު އެހެން ދުވަސްތަކެކޭ އެއް ފަދައިން ސްޕެޝަލިސްޓް އޯޕީޑީ އަދި އެހެނިހެން ކްލިނިކަލް ހިދުމަތްތައް ލިބޭނެ ކަމަށެވެ.

ޖުލައި ނުވަނަ ދުވަހަކީ އީދު ދުވަހެވެ. ދިހަ ވަނަ ދުވަހަކީ ވަޅު އީދު ދުވަހެވެ.

މީގެ އިތުރުން މިނިވަން ދުވަސް ކަމަށްވާ ޖުލައި 26 އަދި 27 ވަނަ ދުވަހުވެސް ސްޕެޝަލިސްޓް އޯޕީޑީ އަދި އެހެނިހެން ކްލިނިކަލް ހިދުމަތްތައް މެދުކަނޑާލުމަށް ވަނީ ނިންމާފައެވެ.