އެމްއެންޑީއެފް

ކޮންޓެއިނަރަކުން ކެމިކަލް ލީކުވާތީ ސިފައިން ހަރަކާތްތެރިވެއްޖެ

Jul 7, 2022

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ސަރަހައްދުގައި ހުރި ކެމިކަލް ކޮންޓޭނަރަކުން ކެމިކަލް ލީކުވަމުންދާތީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.

މި ހާދިސާގެ މައުލޫމާތު މިއަދު ހެނދުނު 10:58 ހާއިރު ލިބުމާއެކު އެފްއާރްއެސްގެ ސިފައިން އެ ސަރަހައްދަށް ގޮސް، ކެމިކަލް ލީކުވަމުންދާ ކޮންޓޭނަރު ސާފުކުރުމުގެ މަސައްކަތް ކުރި ކަމަށް ސިފައިންގެއިން މައުލޫމާތުދެ އެވެ.

އެމްއެންޑީއެފް އިން ބުނީ 48 ފޫޓުގެ އެ ކޮންޓޭނަރުން ކެމިކަލް ލީކުވާކަން ފާހަގަވީ ކޮންޓޭނަރުން ދުން އަރަން ފެށުމުން، އެ ސަރަހައްދު ބެލިބެލުމުން ކަމަށެވެ.

ކޮންޓޭނަރުން ލީކުވަމުންދަނީ ހައިޑްރޮޒެން ޕެރޮސައިޑް އަޅާފައި ހުރި ކެމިކަލް ހަންތަކަކުން ކަމަށްވެސް މައުލޫމާތު ދީފައިވެ އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.