ޖަޕާން

ޖަޕާންގެ ކުރީގެ ބޮޑުވަޒީރު އަބޭ ގަޔަށް ބަޑިޖަހައިފި

ޖަޕާންގެ ކުރީގެ ބޮޑުވަޒީރު ޝިޒޯ އަބޭ ގަޔަށް ބަޑި ޖަހައިފި އެވެ. އަބޭ ގަޔަށް ބަޑިޖަހާފައި ވަނީ ކެމްޕެއިން އެއްވުމެގައި ޖަޕާންގެ އަވަށެއްގައި ވާހަކަ ދައްކަވަނިކޮށެވެ.

އޭއެފްޕީއާ ހަވާލާދީ މަޝްހޫރު ޚަބަރު ނޫސްތަކުން ބުނާ ގޮތުން ބަޑިޖަހާފައި ވަނީ އަބޭގެ މެއަށެވެ. އާދަޔާ ޚިލާފަށް ލޭފޭބުމުގެ ސަބަބުން ހަށިގަނޑަށް ލޭ ބޭނުންވާ ވަރަށް ލޭ ސަޕްލައި ނުކުރެވޭ ކަމަށް ވެސް ވެއެވެ.

އަބޭ އަވަހާރަވުމާ ބެހޭ ގޮތުން އަދި އެއްޗެއް ބުނަން ދަތި ކަމަށް ޖަޕާންގެ ޚަބަރުތައް ބުނެ އެވެ. ވަކި ގޮތެއް ނިންމާނީ ޑޮކްޓަރުން ކަމަށް ވެސް އޮފިޝަލުން ބުނެ އެވެ.

ވީޑިއޯ މަންޒަރުތަކުން ފެންނަ ގޮތުގައި ބަޑިޖެހުމާއެކު އަބޭ މޭގައި އަތްއަޅުއްވަ އެވެ. އަދި އިރުކޮޅެއް ނުވެ ހޭފުޅު ނެތިގެން އެތަނަށް ވެއްޓިވަޑައިގަނެ އެވެ.

ޚަބަރުތައް ބުނާ ގޮތުން އަބޭ ގަޔަށް ބަޑިޖަހާފައި ވަނީ ފުރަގަހުންނެވެ. އަދި މި ހާދިސާއާ ގުޅިގެން ޖަޕާން ފުލުހުން މީހަކު ހައްޔަރުކޮށްފައި ވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

ޖަޕާންގެ ބޮޑުވަޒީރު ކަމަށް އަބޭ ވަޑައިގަތީ 2006 ގަ އެވެ. އެއަށް ފަހު 2012 – 2020 އަށް ވެސް ބޮޑުވަޒީރުގެ މަގާމު އަދާކުރެއްވި އެވެ.