ޒަކާތް

ފުރަތަމަ ހަ މަހު މުދަލު ޒަކާތަށް 15 މިލިއަން ރުފިޔާ

Jul 8, 2022

މުދަލު ޒަކާތުގެ ގޮތުގައި މިއަހަރުގެ ފުރަތަމަ ހަމަސް ދުވަސް ތެރޭގައި 49.5 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެއީ މިދިޔަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހު ލިބުނު އަދަދާ އަޅާބަލާއިރު 12.6 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހު މުދަލު ޒަކާތުގެ ގޮތުގައި ދައްކާފައިވަނީ 36.9 މިލިއަން ރުފިޔާ އެވެ.

މިއަހަރުގެ ފުރަތަތަމަ ހަމަސް ދުވަހުގެ ތެރެއިން މުދަލުގެ ޒަކާތުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ލިބިފައިވަނީ މިދިޔަ އޭޕްރީލް މަހު އެވެ. އެ މަހު މުދަލު ޒަކާތުގެ ގޮތުގައި 22.5 މިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި މީރާއަށް ލިބުނީ 6.3 މިލިއަން ރުފިޔާ އެވެ.

ނަންބަރުތަކުން މުދަލު ޒަކާތް:

  • ޖެނުއަރީ - 7 މިލިއަް ރުފިޔާ
  • ފެބްރުއަރީ - 2.9 މިލިއަން ރުފިޔާ
  • މާޗް - 5.99 މިލިއަން ރުފިޔާ
  • އޭޕްރީލް - 22.5 މިލިއަން ރުފިޔާ
  • މެއި - 4.5 މިލިއަން ރުފިޔާ
  • ޖޫން - 6.3 މިލިއަން ރުފިޔާ

މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު 90.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރަކީ އެންމެ ގިނައިން މުދަލު ޒަކާތް ދެއްކި އަހަރެވެ.

މީރާގެ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ވެސް އަދި މީރާއަށް ގޮސްގެން ވެސް މުދަލުގެ ޒަކާތް ދެއްކެ އެވެ. މުދަލު ޒަކާތް ކުރިން ދައްކަނީ އިސްލާމިކް މިނިސްޓްރީ އަށެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުން ވަނީ މީރާ އަށް ބަދަލުކޮށްފަ އެވެ.

މުދަލު ޒަކާތް ވާޖިބުވާ ނިސޯބު ކަނޑައަޅަނީ މިނިސްޓްރީންނެވެ. ނިސޯބު އެންމެ ފަހުން ކަނޑައަޅާފައި ވަނީ މިދިޔަ މާޗް މަހުގެ 17 ވަނަ ދުވަހު އެވެ. އެގޮތުން ރާއްޖޭގައި މިވަގުތު މުދަލު ޒަކާތް ވާޖިބުވާ ނިސޯބުގެ އަދަދަކީ 7،241.15 ރުފިޔާ އެވެ.

ރާއްޖޭގައި މުދަލު ޒަކާތުގެ ނިސޯބުގެ މިންވަރު ކަނޑައަޅަނީ ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭއިން ކަނޑައެޅުމުން އެ އަގުތަކަށް ބަލައިގެނެވެ.