އެމްއެންޑީއެފް

ކަނޑު މައްޗަށް ހުއްޓުނު އުޅަނދަކަށް ސިފައިން އެހީވެއްޖެ

Jul 9, 2022

ސަމަ އައިލެންޑް ރިސޯޓުން ފުރައިގެން 33 މީހުންނާއެކު ރ. މީދޫއަށް ދަތުރުކުރަމުންދިޔަ "އަލިސް" ނަމަކަށް ކިޔާ ލޯންޗެއް، އެރިޔަދޫ ރިސޯޓް ކައިރިން އިންޖީނު ހުއްޓުމާ ގުޅިގެން، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއަށްލިބިފައިވަނި މިއަދު ހަވީރު 5:59 ހާއިރު އެވެ.

އެމްއެންޑީއެފް އިން ބުނީ މައުލޫމާތު ލިބުމާއެކު، އެމްެއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ފާސްޓް އިންޓަސެޕްޓަރ ކްރާފްޓް "ވެލާނާ" ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ސަރަޙައްދަށް ދަތުރުކޮށްފައި ކަމަށެވެ.

އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ އެފްއައިސީ "ވެލާނާ" އަށް އިންޖީނު ހުއްޓުނު ލޯންޗުން ދަތުރުކުރަމުންދިޔަ އެންމެން ބަދަލުކޮށް، މާލެ ގެނައުމަށް މިހާރު ދަނީ ދަތުރުކުރަމުންދާ ކަމަށްވެސް އެމްއެންޑިއެފް އިން ބުނެފައިވެ އެވެ.