ގދ. ތިނަދޫގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީ އެއް ހިނގައިފި އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ ބުނީ ތިނަދޫގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީ އެއް ހިނގާފައިވާ ކަމަށެވެ. މާރާމާރީގައި މީހަކަަށް ވަނީ އަނިޔާވެފައެވެ.
އޭނާއަށް ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. އޭނާގެ ހާލާއި ގުޅޭގޮތުން މައުލޫމާތެއް ސާފެެއް ނުވިއެވެ.
ފުލުހުން ބުނީ މިރޭގެ މާރާމާރީ ހިނގަން މެދުވެރިވީ ސަބަބާއި މާރާމާރީގެ މައްސަލަ ބަލަމުންދާ ކަމަށެވެ.